...

Support Us

ދިވެހިރާއްޖެއާ ބެހޭ ޢާންމު މަޢުލޫމާތު އެނގެނީ ކިހާވަރަކަށް؟

ދިވެހިރާއްޖެ އޮންނަނީ އިންޑިއާ ކަނޑުގައެވެ. ރާއްޖެ އޮންނަނީ އިންޑިއާ ކަނޑުގެ މެދަށްވުރެ އުތުރަށް ޖެހިފައެވެ. ދިވެހިރާއްޖެ އޮންނަނީ އުތުރު ޢަރުޟުން "35 '6 °N 7 އާއި ދެކުނު ޢަރުޟުން "24 ’42 °S0 ދެމެދު ގައެވެ. އަދި އިރުމަތީ ޠޫލުން "19 ’33 °E 72 އާއި "13 ’46 °E 73 އާ ދެމެދު ގައެވެ.

ރާއްޖޭގެ ގިނަ އަތޮޅުތައް އޮތީ އީކްއޭޓަރ އިން އުތުރުގައެވެ. ދުނިޔޭގެ ދެބައިހަމަ (އީކްއޭޓަރ) ރާއްޖެއިން ހުރަސް ކުރަނީ ހުވަދު އަތޮޅާއި ފުވައްމުލަކާ ދެމެދުންނެވެ. ދިވެހިރާއްޖޭގެ ވަޤުތު ކަމަށް ހަމަޖެހިފައިވަނީ °E 75 އިރުން އޮންނަ ޠޫލަށް ހަމަޖެހިފައި އޮންނަ ވަގުތެވެ. ރާއްޖޭ ގަޑި ޖީ.އެމް.ޓީ. އަށްވުރެ 5+ ގަޑިއިރު އަވަސްވާނެއެވެ.

ރާއްޖެ އޮތީ ސްރީލަންކާގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 400 މޭލު ފޭގައެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު އެންމެ ކައިރި ދިމާގައި ހުޅަނގުން އިރަށް ހުރީ 350 މޭލެވެ. ދިވެހިރާއްޖެއާ އެންމެ ގާތުގައިވަނީ، އުތުރުން (އިހަވަންދިއްޕޮޅާއި މަލިކާ ދެމެދު) ގާތްގަނޑަކަށް 71 މޭލު ހިސާބުގައިވާ މަލިކު (ލަކްޝަދީޕު) އެވެ. ދެން ދެކުނުން ފޯޅަވަހި (ޑިއެގޯ ގާސިއާ) އެވެ. ދުނިޔޭގެ ދެކުނުފަޅީގައި އޮތް އައްޑު އަތޮޅާއި ޑިއެގޯގާރސިއާއާ ދެމެދުގައި ހުރީ ގާތްގަނޑަކަށް 240 މޭލެވެ.

ދިވެހިރާއްޖޭގެ އެންމެ ދިގު ގޮތަކީ ސ. ގަމުގެ ދެކުނު ބޭރުން ފެށިގެން، ހއ. ތުރާކުނު އުތުރު ބޭރަށެވެ. މިދެމެދު ހުރީ ގާތްގަނޑަކަށް 470 މޭލު (756.4 ކިލޯ މީޓަރ) އެވެ. ރާއްޖޭގެ އެންމެ ފުޅާ ދިމާއަކީ ވ. ފޮއްތެއޮމުލީގެ އިރުމަތީ ބޭރުން އދ. ހުކުރުއެޅީ (އދ.ހުކުރުދޫ)ގެ ހުޅަނގުބޭރަށެވެ. މިދެމެދު ހުރީ ގާތްގަނޑަކަށް 70 މޭލެވެ. ރާއްޖޭގެ ބިމުގެ ހިކިފަސްތަނުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 115 އަކަމޭލް (298 އަކަ ކިލޯމީޓަރ) އެވެ. މީލާދިން 1977 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބިންހިއްކަން ފެއްޓެވުމުން މިހާރު އަންނަނީ ރަށްރަށުގެ ބިމުގެ ބޮޑުމިން އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ.

ދިވެހިރާއްޖެ އެކުލެވިގެންވަނީ ކުދިކުދި ރަށްތަކެއްގެ މައްޗަށެވެ. އެންމެ ބޮޑު ރަށްރަށްވެސް ހަތަރު މޭލަށްވުރެ ބޮޑެއް ނޫނެވެ. މީހުން އުޅޭ އާބާދުވެފައިވާ ރަށްރަށަށްވުރެ ގިނައީ ފަޅުރަށެވެ. ޤުދްރަތީ ގޮތުން ދިވެހިރާއްޖޭގެ ރަށްތައް ބެހިފައިވަނީ 13 އަތޮޅަށެވެ. ނަމަވެސް ސަރުކާރު ހިންގުމުގެ ގޮތުން، ރާއްޖޭގެ ރަށްތައް މިހާރު ބަހާފައި ވަނީ 20 އަތޮޅަށެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގެ ވެލިގަނޑުގެ އެވްރެޖް އުސްމިނަކީ ކަނޑުގެ ލޮނުގަނޑުން މައްޗަށް ގާތްގަނޑަކަށް ½3 ފޫޓް ކަމަށް ބެލެވެއެވެ. ހުރިހާ ރަށެއްގައިވެސް، ވަށައިގެން ޤުދްރަތީ ތޮށްޓެއް ލެވިފަވެއެވެ. ރާއްޖޭގައި ކޯރެއް، ފަރުބަދައެއް ނެތެވެ. ބޮޑެތި ބައެއް ރަށްރަށުގައި ކުޅި ފަދަ ފެންގަނޑެއް އޮވެދާނެއެވެ.

ހދ. ނޮޅިވަރަންފަރު ކުޅީގައި ބަޔަކު ހިނގަނީ… ފޮޓޯ: އެލިޒީ

މީލާދީން 1573 ން 1585 އަށް ރަސްކަންކުރެއްވި އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ ރަސްކަމުގައި ދިވެހިރާއްޖޭގެ ނަމަކީ "އައްދައުލަތުލް މަޙަލްދީބިއްޔާ" ކަމުގައި ހަމަޖެއްސެވިއެވެ. އަދި 1887 ވަނައަހަރު ރާއްޖޭގެ ނަން "އައްދައުލަތުލް މަޙްމިއްޔަތުލް މަޙައްލްދީބިއްޔާ"ގެ ނަމަށް ބަދަލުވިއެވެ. އަދި ފަހުން 1948 ގައި ބޮޑު ތަކުރުފާނު ކަނޑައެޅުއްވި ނަމަށް ރާއްޖޭގެ ނަން ބަދަލުވިއެވެ. ދެން 1953 ވަނައަހަރުގެ ޖަނަވަރީމަހުގައި ރާއްޖޭގައި އޮތް ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވުމަށްފަހު ރާއްޖޭގެ ނަމަކަށް "ރިޕަބްލިކް އޮފް މޯލްޑިވްސް" މިނަން ހަމަޖެހުނެވެ. އެހެނަސް އަށް މަސްފަހުން ޖުމްހޫރީ ވެރިކަން ރަސްކަމަކަށް ބަދަލުވެ އަނެއްކާވެސް ކުރީގެ ނަން އިއާދަވިއެވެ. ދެން 1968 ގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތަކަށް ބަދަލުވެ "ރިޕަބްލިކް އޮފް މޯލްޑިވްސް"ގެ ނަމަށް ދިވެހި ދައުލަތުގެ ނަން ހަމަޖެހުނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
411
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މައިސަރުކާރުގެެ މައުލޫތުކޮޅެއްނަމަަ ކިޔާލީމުސްް މީފުދުންތެރިި ނުކުޅެދޭ ގަބީލާއެއްް އަބަދުވެސްް ބޮޑުއެތިި ކުޑައެތިކާލާާ ވިސްނުންް ސަޅިި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.