ދިވެހިރާއްޖެ އޮތީ އިންޑިއާ ކަނޑުގަ އެވެ. ރާއްޖޭގެ ގިނަ އަތޮޅުތައް އޮތީ ދުނިޔޭގެ ދެބައިހަމަ (އީކްއޭޓަރ) އިން އުތުރުގައެވެ. ދުނިޔޭގެ ދެބައިހަމަ ރާއްޖެއިން ހުރަސްކުރަނީ ހުވަދު އަތޮޅާއި ފުވައްމުލަކާ ދެމެދުންނެވެ. ރާއްޖެއަކީ ހިކިފަސް ތަނަށްވުރެ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމެކެވެ. ރާއްޖޭގެ އަތޮޅުތައް އުފެދިފައި އޮތް ގޮތުން ކޮންމެ ދެއަތޮޅެއްގެ ދެމެދުގައި ކަނޑެއް ވަނީ އުފެދިފައެވެ. މިގޮތުން ކަނޑަކީ އެއް އަތޮޅު އަނެއް އަތޮޅާ ވަކިކުރާ ހުރަހެކެވެ. ކަނޑަކީ އަތޮޅެއްގެ މައިފަރުން ބޭރުގައި އޮންނަ އަޑިނޭނގެ ހިސާބުގެ ލޮނުގަނޑަށް ކިޔާ ނަމެކެވެ.

ތިރީގައިވާ ތާވަލުގައި އެވަނީ ރާއްޖޭގެ ބޮޑެތި ކަނޑުތަކެވެ.

- މިތާވަލު އެކުލަވާލީ ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު . ޞ 39 އިން 51 އަށް ބަޔާންކޮށްފައިވާ މަޢުލޫމާތުގެ އަލީގައި.



advertisment