Support Us

ލިޔުންތެރިޔާ: ޢަބްދުﷲ ޢަފީފު، ގދ. ތިނަދޫ

ނުވަދިހައިގެ އަހަރުތަކުގައި އިސްކޫލުތަކުގެ ލަވަމުބާރާތުން އިވިގެންދިޔަ އަޑުތަކަކީ ޢަބްދުﷲ ޢަފީފު/ އަލިދޯދި، ގދ.ތިނަދޫގެ ޅެންވެރިކަމުގެ ގަލަމުން ފާއްދާލި ކުލަތަކެކެވެ. ޢިބްރަތްތެރި މެސެޖުތަކެއް އެ ލަވަތަކުން އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވިއެވެ. ދިވެހި ޅެންވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1993ވަނަ އަހަރު ލިބިވަޑައިގެންފައިވާ ޢަބްދުﷲ ޢަފީފަށް ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޅެންވެރިކަމުގެ ކުރިއެރުވުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ޤައުމީ އިނާމް 2017ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ.