ކާކުބާއޭ ކެހިނުދޭނީ ލޯ މަށަށް ކެހި ދީފިޔޭ
ތާކު ހުރި މޮޔައަކު އެއީ ޝެއިމެއް ކަމަށް ދައްކައިފިޔޭ
އަތުގެ ބޭނުން ކޮށް އުޅެންވާ ގޮތް މަށަށް ރަނގަޅަށް އެނގޭ
ފަތުގެ ބޭނުމުގައި އެ އަތް އަނިޔާކުރަން ހެލިލައިފިޔޭ
ފައިން ހިނގާފައި ދާންޖެހޭނީ ހެޔޮ މަގުންކަން ވެސް އެނގޭ
ގައި ކަހާފަދަ ވޭނަކަށް މިދެފައި މަ ގެންގޮސް ލައިފިޔޭ
އަނގައަކީ ވެސް ހެޔޮގޮތުން ބޭނުން ކުރަންވާ އެއްޗެކޭ
ރަނގަޅުތޯ ނުބަލައި އެދިން ހުރިހައި ތަކެތި ބޮއިލައިފިޔޭ
ސިކުނޑިއޭ ގުނަވަންތަކަށް ގަދަ އަމުރު ފޮނުވާ ވެރިއަކީ
އުކުނޑި ކޮށްޓުމަކާއެކީގައި ސިކުނޑި އޭރު ނިދައިފިޔޭ
އެކި ގުނަންތައް ވަކިވަކީން ދުނިޔޭން މަށަށް ކެހި ދީފިޔޭ
ހެކިދެމުން މަޙުޝަރު ބިމުން އެވެރިން މަށަށް ކެހިދޭނެޔޭ
ސިކުޑިޔާއޭ އަމުރުކޮށްދީ! ކެހިނުދޭން، ގުނަވަންތަކަށް
އެކުވެރިން ކަމުގައިވުމުން އެވެރިން، މަ ސީދާވާނެޔޭ
