ރާގު: ޓަނޑީ ތަނޑީ ޗަލެރެ
ވިންދާ ވިންދާ ހިތުގެ ތެރޭ މިހިނގަނީ އުތުރި އަރާ ޤައުމީ ލެޔޭ
ކުރިމަގު ރޯޝަން، ކުރުމުގެ ޖޯޝާ ފޯރި މިހިތުގާ އާވެޔޭ
ލޯބި ޤައުމީ ލޯބި ދީނީ ނޯންނަ ހިތަކަށް ދިރުމެއްނުވޭ
މިބުނި ލޯތްބާ މިބުނި ޖޯޝަށް ދިރިހުރިއްޔާ ނިމުމެއްނުވޭ
ސާފު ސާފު މިބިން މީ ބުނާނަން ދުނިޔެ ދެއްކެވި މަންމަޔޭ
ވިންދާ ވިންދާ ހިތުގެ ތެރޭ މިހިނގަނީ އުތުރި އަރާ ޤައުމީ ލެޔޭ
ދިވެހި ޤައުމަށް ނަޞްރު ހޯދައި ދޭށެ ހިނގަނީ ނޭވާމަގޭ
ދިވެހި މިނިވަން ކަން މިގޮތުގާ ބޭއްވުމީ އުންމީދޭމަގޭ
ފިތުނައިން ދުރުވެ ދިވެހިން ތިބޭތަން ދެއްކެވުން ބޭނުންވެޔޭ
ވިންދާ ވިންދާ ހިތުގެ ތެރޭ މިހިނގަނީ އުތުރި އަރާ ޤައުމީ ލެޔޭ
އުގެނި ޢިލްމާ ފަންނު ހުނަރާ، އޭގެ ބޭނުން ހިފަމާހިނގާ
ރީތި ރާއްޖޭން ލާބަ ހޯދައިގެން ފުދުންތެރި ވެލަމާ ހިނގާ
ދެއްވަވާނދޭ ނަޞީބާއި ނަޞްރާ އަތްނަގައި މި ދުޢާ ވެޔޭ
ވިންދާ ވިންދާ ހިތުގެ ތެރޭ މިހިނގަނީ އުތުރި އަރާ ޤައުމީ ލެޔޭ
