Support Us

ބިމާ!އެވެ.

އޭ ބިމާ ތިޔަ ބިންމަތީގައެ ލޯބި ދިރި ހެދި ފޯދެނީ
ވާބިނާތައް ރޫޅި ޢިޝްޤުގެ ވެއްޓި ފުނޑުފުނޑު ވެސް ވަނީ

ވަޢުދު ޢަހުދާ އަދި ހުވާ ކޮށްފާ އެއާ މިޚިލާފުވަނީ
ޝައުޤުވެރި ވާހައި ކަމެއް ވިސްނާނުލައި ކުރަމުން ދަނީ

މަގުމަތީގައި ނެތި އަމާންކަން ޞުލްޙަޔާ މަސަލަސްކަމާ
އަގު ވަޒަން ނުމެކޮށް މި އިންސާނީ ފުރާނަ ނަގައިލަނީ

ކުޑަކުދިންނަށް ދޭންޖެހޭ ލޯތްބާއި ހަމްދަރުދީ ނުދީ
ކުޑަވިޔަސް ނެތި ޙުރުމަތެއް އެކުދިންގެ ޢިއްފަތް ފޭރެނީ

މަސްތުވާތަކެތީގެ ޠޫފާން ފެތުރިގެން މި ކުދީން ތެރޭ
ވިސްނުމާ ދުރުހެލި ޒުވާން ޖީލެއް ހަލާކުވެ ނެތިދަނީ

ވަންހައަށް ބަދުނާމު ވާހެން އަންނަ ޖީލުގެ ކުރިމަގުން
އަންހެނުންނަށް ރަޙުމު ނުމެކޮށް ބޮޑެތި އަނިޔާތައް ދެނީ

ކަންކަމަށް ބޭނުން ވެފާ އެކަމެއް ނުފުދިދާ ވަގުތުގައި
އަންނަ ދުވަހަށް ވެސް ބިރެއް ނެތި މަންމައަށް ޙަމަލާ ދެނީ

ދީނަކަށް އަދި ނަސްލަކަށް ނެތި ޙުރުމަތެއް އިންސާނަކަށް
ޒީނަތެއް ކަމުގައި މުދާވެރިކަން ލޮލުން ދެކެމުން ދަނީ

މިހުރިހައި ކަންކަން ހިނގާއިރު އެ ހުރިހައި ކަންކަން ބަލަން
ރުހުމުގައިހޭ؟ ނުރުހިފައިހޭ؟ އަބަދު ވެސް ތިޔަ އޮންނަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *