Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ރިއާގެ ބަންދުގެ މުއްދަތު 20 އޮކްޓޯބަރާ ހަމައަށް އިތުރުކޮށްފި

މަރުވެފައިވާ ފިލްމީތަރި ސުޝާންތް ސިންގްގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ ބަންދުގެ މުއްދަތު 20 އޮކްޓޯބަރާ ހަމައަށް އިތުރުކޮށްފިއެވެ.

ސުޝާންތްގެ މަރާއި މަސްތުވާތަކެއްޗާ ހުރި ގުޅުމުގެ ދަށުން ހައްޔަރުކޮށްފައިވާ ރިއާއާއި އިތުރު 19 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރީ މުމްބާއީ ކޯޓުންނެވެ. ރިއާ އަދި އޭނާގެ ބޭބެ ޝޯވިކް ޗަކްތަބަތީ ހިމެނޭހެން ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު ހަމަވީ މިއަދުއެވެ.

މުމްބާއީގެ ބައިސޫލާ ޖަލުގައި ހުރި ރިއާ ހައްޔަރުކުރެވުނީ ސުޝާންތައް މަސްތުވާ ތަކެތި ފޯރުކޮށްދިނުމުގެ ތުހުމަތުގައެވެ.

ސުޝާންތްގެ މަރާ ގުޅިގެން ރިއާއާއި ދެކޮޅަށް ސުޝާންތްގެ ބައްޕަ ވަނީ މައްސަލައެއް ހުށައަޅާފައެވެ. "މިހާރު އަވަސްއަރުވާލައިން އުޅުމުގެ ބޭނުމެއް ނެތް. ތަހުގީގު އަދިވެސް ދަނީ ކުރިއަށް. އަހަރުމެން މިހާރު އެދޭތެރެއަށް ވަންނާކަށް ނެތިން." ސުޝާންތްގެ ބައްޕަ ރިއާ އާއި ދެކޮޅަށް ހުށައެޅި މައްސަލައާއި ބެހޭގޮތުން އެޗް.ސީ އިން ބުންޏެވެ.

ރިއާ ޖަލުގައި ހުންނަތާ މަހެއް ވެގެން ދިޔުމުގެ ސަބަބުން އެކަމާ ނުރުހުން ފާޅުކޮށް ފިލްމު އުފައްދާ އަނޫބާވް ސިންހާ ވެސް މިއަދު ވަނީ ޓްވީޓްކޮށްފައެވެ. އަދި ރިއާ ދޫކޮށްލުމަށްވެސް މި ޓްވީޓުގައި އޭނާ ގޮވާލާފައިވެއެވެ. އޭނާގެ މި ޓްވީޓަށް ލިޔުންތެރިޔާ ކަނީކާ ދިލޯން ވެސް އެއްބަސްވާކަން ފާޅުކޮށްފައިވެއެވެ.

މަރުވެފައި އޮއްވާ ޖޫން 14 ގައި ފެނުނު ސުޝާންތްގެ މަރުގެ މައްސަލައިގައި އެން.ސީ.ބީ އިން ހައްޔަރުކުރީ ޖުމްލަ 20 މީހުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *