Support Us

ހަރީފު މޫސުމަށް ޑެންމާކުން ގައްޒާއަށް 8 މިލިއަން ޑޮލަރުގެ އެހީއެއް

ފިނި މޫސުމުގެ އެހީއެއްގެ ގޮތުން ޑެންމާކުން ގައްޒާއަށް 8.9 މިލިއަން ޑޮލަރު ދޭން މިއަދު އިއުލާންކޮށްފިއެވެ.

ހަރީފު މޫސުމުގެ ފުރަތަމަ ތޫފާން މި ދިޔަ ހުކުރު ދުވަހުގެ ރޭ ގައްޒާއަށް އައުމާއެކު ކުރިމަތިވި ފެންބޮޑުވުންތަކުގެ ސަބަބުން 70،000 އަށްވުރެ ގިނަ ފޭލިގޭގައި ފެންބޮޑުވެ، އެތައް ހާސް ބަޔަކު މިހާރު ތިބީ އެކަށީގެންވާ ހިޔާވަހިކަމެއް ނެތިއެވެ.

ޑެންމާކުން ދޭން ނިންމި އެހީގެ ތެރެއިން 20 މިލިއަން ޑެނިޝް ކްރޯނާ (ތިން މިލިއަން ޑޮލަރު ނުވަތަ 46.23 މިލިއަން ރުފިޔާ) ދޭން ހަމަޖެއްސީ ފެންބޮޑުވުމުގެ އަސަރުކޮށްފައިވައި ރައްޔިތުންނަށެވެ. އެއީ އދ.ގެ ފަލަސްތީންގެ ރެފިއުޖީންނަށް އެހީ ދޭ އެޖެންސީ ޔޫ.އެން.އާރް.ޑަބްލިޔު.އޭ މެދުވެރިކޮށްކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރިއެވެ.

ޑެންމާކުގެ ހާރިޖީ ވުޒާރާއިން ބުނީ މި އެހީގެ އަމާޒަކީ ގައްޒާގެ އިންސާނީ ހާލަތަށް ލުޔެއް ފޯރުކޮށްދިނުންކަމަށެވެ.

"ފިނި މޫސުމުގެ ނުރައްކާތެރިކަންވަނީ ފަލަސްތީނުގެ ކާރިސާ އިތުރަށް ގޯސްކޮށްފައި. ފިނި މޫސުމުގެ މަސްތަކުގައި އަސަރުކޮށްފައިވާ އާބާދީއަށް ބޭނުންވާ އަސާސީ އިންސާނީ އެހީ ފޯރުކޮށްދެވޭކަން އަހަރެމެން ކަށަވަރުކުރަން ޖެހޭނެ،" ޑެންމާކުގެ ހާރިޖީ ވަޒީރު ލާސް ލާކަ ރަސްމަސްން (ފޮޓޯ) ވިދާޅުވިއެވެ.

އިސްރާއީލުން ސުންނާފަތިކޮށްފައިވައި ގައްޒާއަށް މައިގަނޑު ގޮތެއްގައި ފަންޑުކުރާ، އޮކިއުޕައިޑް ޕަލަސްޓީނިއަން ޓެރިޓަރީ ހިއުމަނިޓޭރިއަން ފަންޑު (އޯ.ޕީ.ޓީ އެޗް.އެފް)އަށް އިތުރު 40 މިލިއަން ޑެނިޝް ކްރޯނާ (5.9 މިލިއަން ޑޮލަރު ނުވަތަ 90.91 މިލިއަން ރުފިޔާ) ދިނުމަށްވެސް ޑެންމާކުން މިއަދު އިއުލާންކުރިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް