Support Us

މިސްރާއި ގައްޒާ ގުޅޭ ރަފަހް ބޯޑަރަށް އަންގާރަ ދުވަހުކުރި ޒިޔާރަތުގައި ލުއިސް ހެމިލްޓަން (ވ) ގައްޒާއަށް އެހީ ވައްދައި ފަރާތްތަކާ ބައްދަލުކުރަނީ

އެހީ އުފުލައި ލޮރީތައް ގައްޒާއަށް ވަނުމުގެ ހުއްދަ ދިނުމަށް ލުއިސް ހެމިލްޓަން އިސްރާއީލަށް ގޮވައިލައިފި

ގައްޒާއަށް އިންސާނީ އެހީ އެތެރެކުރުމުގެ ހުއްދަ ދިނުމަށް، ފޯމިއުލާ ވަންގެ ދުނިޔޭގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދައިފައިވައި ލުއިސް ހެމިލްޓަން އިސްރާއީލަށް ގޮވައިލައިފިއެވެ.

އޭނާ މި ކަމަށް ގޮވައިލީ މިސްރާއި ގައްޒާ ގުޅޭ ރަފަހް ބޯޑަރަށްކުރި އަންގާރަ ދުވަހުގެ ޒިޔާރަތަށްފަހުއެވެ.

އިނގިރޭސިވިލާތުގެ ރޭސް ޖަހައި ޑްރައިވަރުވަނީ އަލްއަރީޝްގައި ހުރި މިސްރުގެ ރެޑް ކްރެސެންޓްގެ ގުދަންތަކަށް ޒިޔާރަތްކޮށްފައެވެ. އޭނާއަށްވަނީ ގައްޒާއަށް އެތެރެކުރަން އޮތް ކާބޯތަކެތި އުފުލާ ލޮރީތައް ފެނިފައެވެ. އަދި އަސާސީ ތަކެތި އެތެރެކުރުމަށް ހުރަސްތައް އަޅައިފައިވައިކަންވެސް އޭނާ ފާހަގަކުރިއެވެ.

"ގައްޒާގައި އިސްރާއީލުން ނަސްލު ނައްތައިލުމުގެ އުދުވާނު ހިންގައިތައި ވޭތުވެދިޔަ ތިން އަހަރަކީ އިންތިހާއަށް ނުރައްކާތެރި، ބިރުވެރި ދުވަސްތަކެއް. މީހުންގެ މިނިވަންކަމާއި ރައްކާތެރިކަމާއި ކަރާމާތް ނިގުޅައިގަތުމަކީ އިންސާފެއް ނޫން. އެއްވެސް އިންސާނެއްގެ ދިރިއުޅުމުގެ އަގު ކުޑަކޮށް ދެކިގެން ނުވާނެ،" އިންސްޓަގްރާމްގައިކުރި ޕޯސްޓެއްގައި ހެމިލްޓަން އިއްޔެ ލިޔުނެވެ.

"ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުން އަދާކުރަން ޖެހޭ ކަންތައްތައް ފުރިހަމަކޮށް، އެހީ އުފުލައި ލޮރީތައް ގައްޒާއަށް އެތެރެވުމުގެ ފުރުސަތު ދޭން ޖެހޭ. އެއްވެސް ބަހަނާއެއް ދައްކައިގެން ނުވާނެ،" އޭނާ އިތުރަށް ބުންޏެވެ.

އދ.ގެ އިންސާނީ އެހީއާ ބެހޭ ވެރިޔާ ޓޮމް ފްލެޗާ އިއްޔެ ބުނީ އެހީ ފޯރުކޮށްދިނުން ލަސްވުމުގެ ބަހަނާއަކަށް އިސްރާއީލުގެ އާ ސަރުކާރަކަށް އިންތިޒާރުކުރުން ހެދުމަކީ "ގަބޫލުކުރެވޭނެ ބަހަނާއެއް ނޫން"ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވަނީ ގައްޒާއަށް ފޯރުކޮށްދޭ ފިނިމޫސުމުގެ އެހީގެ ތަކެތި ލަސްކުރާކަމަށްކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް