Support Us

ކްރިޕްޓޯކަރަންސީގެ އެންމެ ބޮޑު ވައްކަމަށްފަހު ފައިސާ ނެގުމުގެ ހިދުމަތް ބައިނާންސުން އަލުން ފަށަނީ

ކްރިޕްޓޯކަރަންސީގެ އެންމެ ބޮޑު ވައްކަމަށްފަހު ފައިސާ ނެގުމުގެ ހިދުމަތް މިއަދު ފަށަން މަސައްކަތްކުރަމުންދާކަމަށް ބައިނާންސުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު 6.3 ބިލިއަން ޑޮލަރު (97.34 ބިލިއަން ރުފިޔާ)ގެ ކްރިޕްޓޯކަރަންސީ ވަގަށް ނަގައިފައިވައިއިރު ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖުން ބުނީ ވަގަށް ނަގައިފައިވައި އެސެޓްތަކުގެ 90 ޕަސެންޓް އިއާދަކޮށްފައިވާކަމަށެވެ. އަދި ބާކީ ހުރި ގެއްލުންތައްވެސް ފޫބައްދައިދޭނެކަމަށް އެ ތަނުން ވައުދުވިއެވެ.

އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އިދާރާ، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި)އިން ބުރާސްފަތި ދުވަހުގެ ވައްކަމުގެ އިލްޒާމް އެޅުވީ އުތުރު ކޮރެއާގެ ހެކަރުންގެ ބޮލުގައެވެ. އެ އިދާރާއިން އެ ހެކަރުން ފާހަގަކުރީ 2009 އިން ފެށިގެން އުތުރު ކޮރެއާ ސަރުކާރުން ހިންގާ ސައިބާ ކުށާއި ޖާސޫސްކުރުމުގެ އިދާރާ ލަޒަރަސް ގްރޫޕްގެ ގޮތްޕެއްކަމަށްވާ ޓްރޭޑާޓްރޭޓާގެ ބައެއްގެ ގޮތުގައެވެ. އެ ބިއުރޯއިން ބުނި ގޮތުގައި އެ ގުރޫޕުން ދަނީ ވަގަށް ނަގައިފައިވައި ފައިސާތައް މައިގަނޑު ގޮތެއްގައި ދުނިޔޭގެ ކޮމްޕިއުޓަރު ވިއުގަ އިތީރިއަމްއަށް ބަދަލުކުރަމުންނެވެ.

އެފް.ބީ.އައިއިންވަނީ ކްރިޕްޓޯކަރަންސީ އެކްސްޗޭންޖްތަކަށާއި ބްލޮކްޗެއިން ކުންފުނިތަކަށް، އެ ހެކަރުންނާ ގުޅުންހުރި މުއާމަލާތްތައް ހުއްޓުވުމަށް އިލްތިމާސްކޮށްފައެވެ. އެ އިދާރާއިން އިންޒާރު ދިން ގޮތުގައި ޓްރޭޑާޓްރޭޓާއިން ފައިސާ ލޯންޑާ ނުވަތަ "ސާފު"ކުރުމަށްޓަކައި ބޭންކްތަކުން ބޭރުން ލާމަރުކަޒުކޮށްފައިވައި މާލީ މަންސަތައް ނުވަތަ ޑީސެންޓްރަލައިޒްޑް ފައިނޭންސް ޕްލެޓްފޯމްތަކާއި ކާކުކަން ނޭނގޭ، ސީދާސީދާ އަވަހަށް ޑިޖިޓަލް އެސެޓާއި ކްރިޕްޓޯކަރަންސީ ބަދަލުކުރާ އިންސްޓަންޓް-ސްވޮޕް ހިދުމަތްތައް ބޭނުންކޮށްފައިނެއެވެ.

"އަހަރެމެން މިހާރުވަނީ ވަގަށް ނަގައިފައިވައި އެސެޓްތަކުގެ 90 ޕަސެންޓް އިއާދަކޮށްފައި. އަދި ބާކީ 10 ޕަސެންޓް ފޫބައްދައިދޭނަންވެސްމެ. އަހަރެމެންގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުން މި ހާދިސާގެ މާލީ ތަކުލީފު އުފުލާކަށް ނުޖެހޭނެ،" ބައިނާންސްގެ ކޯ-ސީއީއޯ ރިޗަޑް ތެންގް ބުންޏެވެ.

ބައިނާންސުން ބުނީ ވަގަށް ނަގައިފައިވައި ފައިސާތައް ހޯދުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ސިނާއަތުގެ އެހެން ބައިވެރިންނާއެކު މަސައްކަތްކުރުން ކުރިއަށްގެންދާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *