Support Us

ހަމަލާ ދީފިނަމަ ފުޅާ ދާއިރާއެއްގެ ހަނގުރާމައެއްގެ އިންޒާރު އީރާނުން ދީފި

އެމެރިކާއިން އިތުރު ހަމަލާއެއް ދީފިނަމަ ސަރަހައްދީ ބޮޑު ހަނގުރާމައެއް ފަށައިފައިނެކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

މި އިންޒާރު އިއްޔެ ދިނީ އީރާނަށް އެމެރިކާއިން އިތުރު ހަމަލާއެއް ދިނުން ހުއްޓުވުމަށްޓަކައި ޑިޕްލޮމެޓިކް މަސައްކަތްތައް އަލުން ފަށައިފައިވައި ދަނޑިވަޅެއްގައެވެ. އީރާނާ ދެކޮޅަށް އިސްރާއީލާ ގުޅިގެން އެމެރިކާއިން މި ދިޔަ ފެބްރުއަރީގައި ފެށި ހަނގުރާމަ ހުއްޓުވައިލުމަށް ގަތަރާއި ޕާކިސްތާނުން ދަނީ މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ މަސައްކަތް ކުރިއަށްގެންދަމުންނެވެ. ގަތަރުގެ ވަފުދެއް އިއްޔެވަނީ އީރާންގެ ވެރިރަށް ތެހެރާންގައި އީރާނުގެ އޮފިޝަލުންނާ ދިގު މަޝްވަރާތަކެއް ބާއްވައިފައެވެ.

އީރާނުގެ އުއްތަމަ ވެރިޔާ މުޖްތަބާ ހާމަނާއީ (ފޮޓޯ)ވަނީ ދުޝްމަނުންގެ ކޮންމެ ނުރައްކަލަކަށް ވަގުތުން ރައްދު ދިނުމަށް ސިފައިންނަށް އަމުރުކުރައްވައިފައެވެ. އަދި އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ އެސެޓްތަކުގެ އަދާހަމަ ލިސްޓެއް ތައްޔާރުކުރަންވެސް އޭނާ އަމުރުކުރެއްވިއެވެ.

"އެމެރިކާއިން އިތުރު ހަމަލާއެއް ދީފިނަމަ ހަނގުރާމައިގެ އަލިފާންގަނޑު، ޝައްކެއްވެސް ނެތް ގޮތުގައި، މުޅި ސަރަހައްދަށް ފަތުރައިލައިނަން،" އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މުހައްމަދު އަކްރަމީނިއާ އިންޒާރު ދިނެވެ.

"އަހަރެމެންގެ ރައްޔިތުންނަށް ގެއްލުން ދޭން ކެރޭ ކޮންމެ ފަރާތަކާ ދެކޮޅަށް އީރާނުގެ ވަރުގަދަ އަސްކަރިއްޔާއިން ފިޔަވަޅު އަޅައިނެ،" އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީވެސް އިންޒާރު ދެއްވަމުން ވިދާޅުވިއެވެ.

އީރާނުގެ ނިއުކްލިއަ ޕްރޮގްރާމާއި އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ހުރަސްތަކާމެދު އެމެރިކާއާއި އީރާނާ ދެމެދު ހިޔާލުތަފާތުވުންތައް އަދިވެސް އެބަހުއްޓެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *