Support Us

ހަޔާތުގެ އެންމެ މުހިންމު ފިލާވަޅުތައް މިހާރު ވާނީ ލިބިފައި

އުމުރުން ދުވަސްވާ ވަރަކަށް އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް ވިސްނޭ ހިކުމަތްތެރި ހަގީގަތެއް ވެއެވެ. އެއީ މި ހަޔާތުގެ އެންމެ މުހިންމު ފިލާވަޅުތައް ލިބެނީ އަހަރުމެން ސުކޫލުގައި ކިޔެވި އެއްޗަކުން ނުވަތަ ހަޔާތުގައި ލިބުނު ބޮޑެތި ކާމިޔާބީތަކަކުން ނޫންކަމެވެ. އަހަރުމެންނަށް ލިބެންޖެހޭ އެންމެ މުހިންމު ފިލާވަޅުތައް ލިބުނީ ކުޑައިރު ދެވުނު ޕްރީސުކޫލުތަކުންނެވެ. ސީދަލަށް ސަފުހަދަން ބުނެދިން ޓީޗަރުންނެވެ. ކުލާހުގައި ބަސްއަހައިގެން ކިޔަވާށޭ ބުނި އެދުރުދައިތައިންނެވެ. އޭރުގައި ދަސްވި ގަވާއިދުތަކަށް ވުރެން މޮޅުވެގެންވާ އިތުރު ފިލާވަޅެއް ހަގީގަތުގައި އަހަރުމެންނަށް ފަހުން ދަހެއް ނުވެއެވެ.

ދިރިއުޅުމަށް ބޭނުންވާ މުހިންމު ފިލާވަޅުތައް:

1. އަތުގައި އޮންނަ އެތި އެހެން މީހުންނާ ހިއްސާކުރާށެވެ. ދީލަތިކަމަކީ ދުވަހަކުވެސް އޭގެ ޒާތުގައި އަގުކުޑަވެގެން ދާނޭ ސިފައެއް ނޫނެވެ.

2. ކުޅިވަރު ކުޅޭ އިރު އިންސާފު އިސްކުރާށެވެ. އަނެކާއަށް ވުރެން މޮޅުވެގަތުމަށް މަސައްކަތްކުރުން ހުއްޓައިލީމައި ދިރިއުޅުން ހަމަޖެހިގެން ދަނީ އަޖައިބުކުރުވަނިވި މިންވަރަކަށެވެ.

3. މީހުންނާ ތަޅާ ނުފޮޅާށެވެ. ޖިސްމާނީގޮތުން އަދި ނަފުސާނީގޮތުންވެސް މީހުންނަށް އަނިޔާކޮށްގެން އެއްވެސް މައްސަލައެއް ހައްލެއް ނުވާނެއެވެ.

4. އޭއްޗެއް ހުންނަ ތަނުގައި އޭއްޗެއް ބަހައްޓަން އާދަކުރާށެވެ. ތަންތަނަށާއި އެހެން މީހުން ކުރާ މަސައްކަތަށް އަދި ދުނިޔެއަށް އިހުތިރާމުކުރަން ދަސްކުރާށެވެ.

5. ކަންކަމާއި ތަންތަން ސާފުކޮށް ބަހައްޓައި ތަރުތީބުކުރަން އާދަކުރާށެވެ. ތިމާގެ ކޮޓަރިއާއި ހަޔާތުގެ ގުޅުންތަކުގައިވާ ފުނިޖެހުންތައް ސާފުކުރުމަކީ ހިމޭނުން އުފުލައި ޒިންމާގެ ވައްތަރެކެވެ.

6. ތިމާގެ އެއްޗެއް ނޫން އެއްޗެއްގެ މައްޗަށް ވެރިވެނުގަންނާށެވެ. މީގެ ތެރޭގައި އެހެން މީހުންގެ އެއްޗެއްސާއި އެހެން މީހުންނަށް ހައްގުވާ ކާމިޔާބީ، އަދި އެހެން މީހަކަށް ލިބެން އޮތް އުފަލާ ހިތްހަމަޖެހުންވެސް ހިމެނޭނެއެވެ.

7. ތިމާގެ ސަބަބުން މީހަކަށް އަނިޔާއެއް ވެއްޖެނަމަ އަވަހަށް މާފަށް އެދޭށެވެ. ކުރެވޭ ކުށަކަށް އިހުލާސްތެރިކަމާއެކު މާފަށް އެދުމަކީ އެންމެ ދަތި އެންމެ ހިތްވަރުގަދަ އަމަލުގެ ތެރެއިން ވާ ކަމެކެވެ.

8. ކެޔުމުގެ ކުރިން އަތްދޮންނާށެވެ. ސިއްހަތަށް ސަމާލުކަން ދިނުމަކީ ނަފުސަށް ކުރާ އިހުތިރާމުގެ ތެރެއިން ހިމެނިފައިވާ އަސާސީ ސިފައެކެވެ.

9. ފާހާނައަށް ގޮސްފައި ފެންއަޅަން ހަނދާން ބަހައްޓާށެވެ. މިކަމަށް އިތުރު ތަފުސީލެއް ބޭނުމެއް ނުވެއެވެ.

10. ސައިތަށްޓަކާ އެކުގައި ބިސްކޯދެއް ކައިލުމަކީ ހިތަށް ފިނިކަން ގެނުވާ ކަމެކެވެ. މިފަދަ ކުދިކުދި ކަންތަކުން ހިތްހަމަޖެހުމުގެ އާދަ އުފައްދާށެވެ.

11. ދިރިއުޅުމުގައި ހުރިހައި ކަމަކަށް ޖާގަ ހަދާށެވެ. ކުރަހާށެވެ. ކުލަ ޖައްސާށެވެ. ލަވަކިޔާށެވެ. ނަށާށެވެ. މީހުންނާ ސަލާންކުރާށެވެ. މީހުން ހެއްވައިލާށެވެ. ކޮންމެ ދުވަހަކުވެސް މިކަހަލަ ކަންކަން ކޮންމެވެސް ވަރަކަށް ކުރާށެވެ.

12. މެންދުރުފަހު ނިދައިލެވެންޏާ ނިދައިލާށެވެ. ހަށިގަނޑުގައި ބާރު ޖައްސައިލާށެވެ.

13. ދުނިޔެތެރެއަށް ނުކުންނައިރުގައި މަގުމަތީގެ ނުރައްކަލަށް ސަމާލުވާށެވެ. މީހުންގެ އެހީތެރިކަން ހޯދާށެވެ. އަތުގައި ހިފާށެވެ. އެކުގައި ތިބޭށެވެ. އެއްބަޔަކު އަނެއްބަޔަކަށް ސަމާލުވުމުން ދިރިއުޅެން ފަސޭހަވެގެން ދާނެއެވެ. އަދި ސަލާމަތް ލިބިގެން ދާނެއެވެ.

14. ދުނިޔޭގެ ކަންކަމާ ދޭތެރޭ ހައިރާނީ ނަޒަރަކުން ބަލަން އާދަކުރާށެވެ. ހަޔާތުގައި ހިނގާ ކުދިކުދި އާދަޔާ ހިލާފު ކަންތައް ފެންނަ މީހަކަށް ވާށެވެ. ބިންމަތީ ފައިޖެހޭ ހިނދު ހަމަޖެހޭ މީހަކަށް ވޭތޯ މަސައްކަތްކުރާށެވެ. މައްޗަށް ބަލަން ހަނދާންނެތޭ ވަރަށް މީހާ ބޮޑާނުވާށެވެ. އަދި އަބަދުވެސް، ހައިރާންކަން ތިބާގެ ހިތުގައި ބާއްވާށެވެ. ޙަޔާތަކީ ކުދިކުދި މުޢުޖިޒާތްތަކުން ފުރިފައިވާ ތަނެކެވެ. މައްޗަށް ބަލަން ހަނދާން ނައްތާލާ މިންވަރަށް ބޮޑުނުވާށެވެ.

(މި މުޖުތަމައުއަށް ފައްތަފައިވާ ތަރުޖަމާއެއް)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *