ރޭޗެލްގެ އުމުރުން އެއިރު 24 އެވެ. އެއީ ކޮލެޖުން ދަސްވެނިވެ ނިމުނު ތަނާއެވެ. ހޮސްޕިޓަލެއްގައި ހިލޭސާބަހަށް މަސައްކަތް ކުރުމަށް އޭނާއަށް ފުރުސަތު ލިބުނެވެ.
އެއް ދުވަހަކު ހޮސްޕިޓަލްގެ ބޭރުގައި ބާއްވައިފައި އޮތް ތުއްތު ކުއްޖެއް ފެނުނެވެ. އެލައްޔާއެވެ. މައިންބަފައިން ނުވަތަ ބެލެނިވެރިން ދޫކޮށްލައިފައިވާ ފިރިހެން ކުއްޖެކެވެ.
އުމުރުން ތިން މަހުގެ ކުއްޖާ އޮތީ ނޫހެއްގެ މަތީގައެވެ. އޭނާގެ ގާތުގައި ކަރުދާސްގަނޑެއް އޮތެވެ. އޭގައި ލިޔެފައިވަނީ މިހެންނެވެ: "މާފުކުރޭ. މި ކުއްޖާ ދެކެ އަޅެ ލޯބިވޭ."
ނަމަވެސް ހޮސްޕިޓަލްގެ އެއްވެސް މުވައްޒަފަކު އެ ކުއްޖާއަށް މަރުހަބާ ނުކިޔެވެ.
މަންމައަކަށްވުމަކީ ރޭޗެލް އެއިރު ރާވައިގެން ހުރި ކަމެއް ނޫނެވެ.
ރޭޗެލް އެ ކުއްޖާ އުރައިލިއެވެ. ހަމަ އުރައިލި ތަނާ ރޭޗެލްގެ އިނގިލީގައި އެ ކުއްޖާ ހިފައި ބާރުކޮށްލިއެވެ. އެހާ ހިސާބުން އެ ކުއްޖާ ދޫކޮށްލައިކަށް ރޭޗެލްގެ ހިތެއް ނޭދުނެވެ.
އިޖުތިމާއީ ކަންތައްތަކާ ބެހޭ ރަސްމީ އިދާރާއަކުން ބުނީ މަންމައެއްގެ ދައުރު އަދާކުރުމަށްވުރެ ރޭޗެލްގެ އުމުރު ޅަ ކަމަށާއި އަދި ތަޖުރިބާ ނެތް ކަމަށެވެ.
ނަމަވެސް ޖަވާބުގައި ރޭޗެލް ބުންޏެވެ: "އަހަރެންގެ އަތުގައި ފައިސާ ނެތިދާނެ. އެކަމަކު އަހަރެންގެ އަތުގައި ލޯބި އެބަހުރި. އަދި މި ކުއްޖާއަށް ބޭނުންވަނީ އެ."
ރޭޗެލް އެލައްޔާ އެޑޮޕްޓްކުރިއެވެ.
މީހުން ރޭޗެލްގެ އަގުވެއްޓޭ ކަހަލަ ވާހަކަތައް ފަތުރަން ފެށިއެވެ. ނަމަވެސް އެންމެ ދަތިއުނދަގޫ ވަގުތުތަކުގައި ވެސް ރޭޗެލް އޭނާގެ ކެތްތެރިކަމުގައި ދެމިހުއްޓެވެ.
އެލައްޔާއަށް ޕިއާނޯ ކުޅެން ދަސްކޮށްދިނުމަށް ރޭޗެލް ތިން ވަޒީފާގައި އެއްފަހަރާ މަސައްކަތްކުރިއެވެ. އަދި "މަންމާ"އޭ ބުނާ ކޮންމެ ފަހަރަކު ރޭޗެލް އެލައްޔާއަށް ޖަވާބުދިނެވެ.
އެލައްޔާ ބޮޑުވިއެވެ. ވިސްނުންތޫނު ޒުވާނަކަށްވިއެވެ. އަދި އެމެރިކާގެ މަތީފަންތީގެ ހާވަޑް ޔުނިވާސިޓީން ސްކޮލާޝިޕެއް އޭނާއަށް ލިބުނެވެ.
ދަސްވެނިވެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ޕާޓީފައި ހާޒިރުވެ ތިބި އެންމެނާ ދިމާއަށް އެލައްޔާ ބުންޏެވެ: "މަންމަ އަހަރެންނަށް ހަޔާތެއް ހަމައެކަނި ދިނީކީ ނޫން. އެ ހަޔާތް ސަލާމަތް ކޮށްދިން ވެސްމެ."
ދެން އެލައްޔާ އިތުރުކޮށްލިއެވެ: "މަންމަ އަދިވެސް ހުންނަނީ އަހަރެންގެ އަތުގައި ހިފައިގެން. އަދި އަހަރެން ވެސް މަންމަގެ އަތް ދުލެއް ނުކޮށްލާނަން."
- ތަރުޖަމާއެއް



advertisment