ކާޅެއް ބަލިވުމުން ދަނީ ކަނޑާ އަދި ހިނި އުޅޭ ހޮރެއް ކައިރިއަށެވެ.
މިއީ އާދަޔާ ހިލާފު ކަމެއް ހެއްޔެވެ؟
ހަގީގަތުގައި މިއީ ގުދުރަތީ ފަރުވާތަކުގެ ތެރެއިން އެންމެ ޝައުގުވެރި އެއް ކަމެވެ.
ބަލިވެއްޖެކަން ކާޅަކަށް އިހްސާސް ކުރެވުމުން ގަސްދުގައި އެ ސޮރު ކަނޑާ ނުވަތަ ހިނި ހޮރެއް ހޯދައެވެ. ދެން އެ ތާނގައި އިނދެ ދެ ފިޔަގަނޑު ފަތުރައިލައެވެ. އަދި ހިރި ވެސް ނުލައި މަޑުމަޑުން އިނދެއެވެ. އެއީ ކަނޑާތައް ނުވަތަ ހިނިތައް އެ ސޮރުގެ ދެ ފިޔަގަނޑު މައްޗަށް އަރައި ފެތުރިލުމުގެ އިންތިޒާރުގައެވެ.
މި ކަމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ކަނޑާ އާއި ހިންޏަކީ ފޯމިކް އެސިޑް ދޫކުރާ އެއްޗެކެވެ. މިއީ ގުދުރަތީ އެންޓިސެޕްޓިކްއެކެވެ. މީގެން ކާޅުގެ ފަތްތަކުގައި ފިލާ ތިބޭ ޖަރާސީމާއި ފަންގަސް އަދި ކުދި ސޫފިތައް މަރައިލައެވެ.
ކަނޑާ އާއި ހިނީގެ ނަން "އޭންޓް"އާ ގުޅުވައިލައިފައި މި ކަމަށް އިނގިރޭސި ބަހުން ކިޔަނީ "އޭންޓިން"އެވެ. މިއީ ހަމައެކަނި ކާޅުގެ ފަރުވާއެއް ނޫނެވެ. އެހެނިހެން ދޫނި ވެސް މި ގޮތަށް ފަރުވާ ހޯދާކަން ވަނީ ފެނިފައެވެ.
މި ކަމަށް ބޭހެއް ބޭނުމެއް ނުވެއެވެ. ހައިވާނުންނަށް ފަރުވާ ދޭ ޑޮކްޓަރެއް ނުވަތަ ވެޓްއެއް ވެސް ބޭނުމެއް ނުވެއެވެ.
މިއީ ކާޅުގެ އުފެދުމުގައި ހުރި ގުދުރަތީ ސިފައެއް ނުވަތަ "އިންސްޓިންކްޓް"އެކެވެ.
މިއީ ގުދުރަތީ ފާމަސީއެކެވެ. ގުދުރަތީ ދުނިޔެއަކީ ވިސްނުންތެރި އަދި އޭގެ އަމިއްލަ ޒާތުގައި ފަރުވާ ހުރި ނިޒާމުތަކެއް އެކުލެވޭ މާހައުލެއްކަން މި ކަމުން އަހަރެމެންނަށް ހަނދާންކޮށްދެއެވެ. އަހަރެމެންނަށް ހަމައެކަނި ޖެހޭނީ ހުއްޓިލައިފައި މި ފަދަ ކަންކަމަށް އަހަރެމެންގެ ސަމާލުކަން ގެނައުމެވެ.
- ތަރުޖަމާއެއް



advertisment