Support Us

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ހަމާސްގެ ހަނގުރާމަވެރިއަކު ހުކުރު ދުވަހު ފޯރިމަރަނީ

ރަހީނުން ދޫނުކުރާ ކަމަށް ތުހުމަތުކޮށް ޣައްޒާއަށް ބޭރުން ދޭ އެހީތަކަށް އިސްރާއީލުން ހުރަސް

ހަމާސްއިން މީގެ ދެ އަހަރު ކުރިން ހައްޔަރުކުރި ރަހީނުން ދޫނުކުރާ ކަމަށް ތުހުމަތުކޮށް، ޣައްޒާއަށް ވައްދާ އެހީތަކަށް އިސްރާއީލުން ހުރަސްއަޅައިފިއެވެ.

މި ކަމުގެ ސަބަބުން ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް މި ހަފުތާގައި ވީ އެއްބަސްވުން މުގުރިދާނެ ކަމަށް ބަލައިފައި މީހުންގެ ހިތްތަކަށް ވަނީ ހާސްކަން ވަދެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޣައްޒާގައި ބަނޑަށް ޖެހުމުގެ ހާލު ފަދަ މަރުހަލާއެއް ކުރިމަތިވެފައިވާތީ، ކޮންމެހެން ވެސް ބޭނުންވާ އެހީ ޣައްޒާއަށް ވައްދަން ޖެހޭ ކަމަށް އދ. އާއި އިންސާނީ އެހީ ދޭ ޖަމާއަތްތަކުން ބުންޏެވެ.

ސުލްހައިގެ އެއްބަސްވުން އެއްފަރާތްކޮށްފައި އިސްރާއީލާއި ހަމާސްއިން ވަނީ ހަމަލާތައް ބަދަލުކުރަން ފަށައިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާތަނަށް 67،869 މީހުން ޝަހީދުވެފައިވާ ޣައްޒާ ހަނގުރާމައިގެ ސަބަބުން ދެ މިިލިއަން ރައްޔިތުންގެ ގެދޮރު ވެސް ވަނީ ނެތިގެން ގޮސްފައެވެ. އެ ގޮތުން ގެދޮރު ގާފުނިތަކަކަށް ބަދަލުވެފައިވާއިރު، ފެނާއި ބޭސް ފަދަ ތަކެތި ވަނީ ސީރިއަސް ގޮތެއްގައި ލިބުން ދަތިވެފައެވެ.

"ހަމަ މިހާރު، ހުރަހެއް ނެތި އިންސާނީ އެހީ ފޯރުކޮށްދިނުމާއި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ބަނޑުހައިހޫނުކަމާއި ބަލިބަލީގައި އިތުރު ފުރާތައް ގެއްލިގެންދާނެ،" 40 އަށްވުރެ ގިނަ ގައުމުގައި އިންސާނީ އެހީ ދޭ ޖަމާއަތެއް ކަމަށްވާ އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ (އައި.އާރް.ސީ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީ.އީ.އޯ) އަދި ރައީސް ޑޭވިޑް މިލިބޭންޑް ބުންޏެވެ.

"މިއީ ގުދުރަތީ ކާރިސާއެއް ނޫން. މިއީ މުޅި ދުނިޔެއަށް ފެންނަ ގޮތަށް އަދި ހުއްޓުވޭނެ ޒާތުގެ، އިންސާނުން އުފައްދައިގެން އުޅޭ ހައިޖާނުގަނޑެއް،" އޭނާ އިތުރަށް ބުންޏެވެ.

ޣައްޒާގެ ހާލަތު އެއްކޮށް ނުވެއްޓެނީސް ހުރިހާ ބޯޑަރުތަކެއް ހުޅުވައިލުމަށް ބައިނަލްއަގުވާމީ ގްރޫޕްތަކުން ކުއްލި ހާލަތެއްގައި ފަދައިން ގޮވައިލަމުން އެބަދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *