އެމެރިކާގެ "ހަޒާނާ އައްސޭރި"އޭ ކިޔުނު، ފްލޮރިޑާ ސްޓޭޓްގެ އައްސޭރިފަށުން ޑައިވަރުންނަށް އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ)ގެ އަގުހުރި ސްޕެއިނަށް ނިސްބަތްވާ ހަޒާނާ ފޮށްޓެއް ފެނިއްޖެއެވެ.
ޔޫރަޕަށް 1715 ގައި ދަތުރު ކުރި ބޯޓެއް ތޫފާނެއްގައި ޖެހިފައި އަޑިއަށް ގޮސްފައިވާ ފޮށިން ފެނުނީ ބޮލިވިއާ، މެކްސިކޯ އަދި ޕެރޫގައި ތައްޔާރު ކުރި ކަމަށް ބެލެވޭ 1،000 އަށްވުރެ ގިނަ ރަން އަދި ރިހި ލާރިފޮއްޗެވެ.
މި ހަޒާނާ ހާއްސަވާ ކަމަކީ ގިނަ ލާރިފޮތިތަކުގައި އެ ތައްޔާރު ކުރި ތާރީހާއި އިތުރު މައުލޫމާތުތައް ހިމެނޭ މިންޓް މާކްތައް ވެސް ނެތިގެން ނުގޮސް ހުރީމައެވެ. އަދި މިހެންވެ މިއީ ތާރީހު ދިރާސާ ކުރާ ފަރާތްތަކަށް ނާދިރު ފުރުސަތަކަށް ވީމައެވެ.
މި ހަޒާނާ ފޮށި ފެނުނު ކުންފުނި ކްއީން ޖޫލްސްގެ ސަލް ގަޓޫސޯ ބުނީ މިއީ "ހަމައެކަނި ހަޒާނާއާ ބެހޭ ކަމެއް ނޫން ކަމަށާއި މި ކަމުން ކިޔައިދޭ ވާހަކަ ވެސް މުހިންމު" ކަމަށެވެ.
"ކޮންމެ ލާރިފޮއްޗެއް މިއީ ތާރީހުގެ ތަންކޮޅެއް. ސްޕެއިންގެ ހިލާފަތުގެ ރަން ޒަމާނުގައި ދިރިއުޅެ، މަސައްކަތްކޮށް އަދި ބޯޓު ދަތުރުކުރި މީހުންނާ ޖިސްމާނީ ގޮތުން ގުޅުވައިދޭ ގުޅުމެއް،" އޭނާ ބުންޏެވެ.



advertisment