Support Us

މަރުވެފައިވާ ދޫނިތަކާއި ކުއްތާތައް އޮތް ގުދަން ސްޕޭންގެ ސިވިލް ގާޑްގެ ބެލުމުގެ ދަށަށް މި ދިޔަ ހޮނިހިރު ދުވަހު ގެންނަނީ

ގުދަނެއްގައި 250 ހައިވާނު މަރުވުމުން މީހަކު ހައްޔަރަށް

"ބްރީޑިން ގްރައުންޑް އޮފް ހޮރޯ" ނުވަތަ "ބިރުވެރިކަން ވިއްސާ ބިން"ގެ ނަމުން މިހާރު ނަން ދީފައިވާ، ސްޕޭންގައި ހުރި ގުދަނެއްގައި 250 ހައިވާނަށް އިހްމާލުވެ، އެ މަހުލޫގުން މަރުވުމާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

މަރުވެފައިވާ ގިނަ މަހްލޫގުންނަކީ ކުއްތާ ކަމަށާއި ހިމާޔަތް ކޮށްފައިވާ ދޫނިތަކަކާއެކު 171 ޖަނަވާރުން މި ދިޔަ ހޮނިހިރު ދުވަހު ސަލާމަތް ކުރެވުނު ކަމަށް ވެސް ސްޕޭންގެ ސިވިލް ގާޑުން ބުންޏެވެ.

"ގާނޫނާ ހިލާފަށް ބިނާކޮށްފައިވާ ގުދަނުގައި ކޮށިތައް ހުރީ ސާފުތާހިރުކަމުގެ ގޮތުންނާއި ހައިވާނުންގެ ދުޅަހެޔޮކަން ނެތިގެންދާ މިންވަރަށް ހައްދުފަހަނަޅައި ވަރަށް ދަށް ފެންވަރެއްގައި،" ތިމާވެށި ވެސް ހިމާޔަތްކުރުމުގެ ޒިންމާ ނަގައި، ސްޕޭންގެ މަސްހުނިކޮށްލައިފައިވާ ފުލުހުންނާއި އަސްކަރިއްޔާ އިދާރާ، "ސިވިލް ގާޑް" ނުވަތަ ލަފުޒީ މާނައިން "މަދަނީ ރައްކާތެރިކަމު"ން ބުންޏެވެ.

މަރުވީ ގިނައިން ކުއްތާއެވެ. އަދި ކޮށިތައް ހުރީ "ނަޖިހުން މުޅިން ތަތްތެޅިފައި" ކަމަށް އެ އިދާރާއިން ބުންޏެވެ.

މަރުވެފައިވާ ދޫނިތަކާއި ކުއްތާތައް އޮތީ "ކުނިވުމުގެ ތަފާތު މަރުހަލާތަކުގައި" ކަމަށާއި ބައެއް މަހުލޫގުން އޮތީ "މަމިފައި" ނުވަތަ ކުނި ނުވާ ގޮތަށް ހިކިފައެވެ.

ސަލާމަތް ކުރެވުނު ދޫނިތަކުގެ ތެރޭގައި "އެގްޒޮޓިކް" ނުވަތަ އާދަޔާ ހިލާފު އަދި ހިމާޔަތް ކުރެވިފައިވާ ދޫނިތައް ހިމެނެއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ވެސް މަގުބޫލު އަދި ލައްކައިން އަގު އަރައި ގުރާގެ ބާވަތްތައް ކަމަށްވާ މެކޯ އަދި ކޮކަޓޫ ހިމެނެއެވެ.

"އެ ދޫނިތައް ވެސް ތިބީ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއްގައި،" ސިވިލް ގާޑްގެ އޮފިޝަލަކު ބުންޏެވެ.

"ސަލާމަތުން ތިބި މަހުލޫގުން ކައި އުޅުނީ މަރުވެފައިވާ މަހުލޫގުންގެ ގުނަންތައް. ސަބަބަކީ ކާނާއި ފެން ލިބެން ނެތުމުން،" އޭނާ އިތުރުކޮށްލިއެވެ.

ހައްޔަރުކުރީ ގުދަނާ ހަވާލުވެ ހުރި ސައިޓް މެނޭޖަރެވެ. އެއީ ހައިވާނުންނަށް އަނިޔާވެރިވުން ނުވަތަ "އެނިމަލް އެބިއުސް" އާއި ހިމާޔަތް ކޮށްފައިވާ ދިރޭތަކެތި ގަވައިދާ ހިލާފަށް ގެންގުޅުމާއި އަދި ޖަނަވާރުންނަށް ސިއްހީ ހިދުމަތް ދޭ ވެޓަރިނަރީ (ވެޓް) ސިއްހީ ހިދުމަތަށް ތަމްރީން ނުވެ އެ ހިދުމަތް ދެމުން ދިޔުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *