Support Us

އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް އިސްރާއީލުގެ ހަމަލާތައް ކުރިއަށް، ފަލަސްތީން ރައްޔިތުން ޣައްޒާއަށް މިސްރާބު

ދެ އަހަރުގެ ތެރޭގައި 67،190 ޣައްޒާ ރަށްވެހިން ޝަހީދުކޮށްލި ހަނގުރާމަ ނިންމުމުގެ ފުރަތަމަ މަރުހަލާގެ މުއާހަދާގައި ރޭގައި ސޮއި ކުރުމުން، ޣައްޒާ ސިޓީއަށް ފަލަސްތީން ރައްޔިތުން އަލުން މިސްރާބު ޖަހައިފިއެވެ. އެއީ ސުލްހައިގެ އެއްބަސްވުން ތަންފީޒު ކުރަން މަދު ގަޑިއިރުކޮޅަކަށް ވެފައިވަނިކޮށް، މީހުން ޝަހީދުކުރަމުންދާ ޒާތުގެ ހަމަލާތައް އިސްރާއީލުން ދެމުން ދަނިކޮށް ވެސްމެއެވެ.

އިސްރާއީލު ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެއީ މި 24 ގަޑިއިރުގެ ތެރޭގައި ހަމަލާ ދިނުން ހުއްޓައިލައި، އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީން ގައިދީން ދޫކޮށްލައިމަތިން ހަމާސްގެ އަތްދަށުގައި ބާކީ ތިބި ހުރިހާ ރަހީނުން ދޫކޮށްލާ ގޮތަށެވެ.

އެއްބަސްވުމުގައިވާ ގޮތުގެ މަތިން އިސްރާއީލު ސިފައިން ދަނީ ޣައްޒާ އާއި އިސްރާއީލާ ދެމެދު އިން ކަނޑައަޅާ ރޮނގުގެ ފަހަތަށް ޖެހެމުން ކަމަށް ގަތަރުގެ އަލްޖަޒީރާއިން ރިޕޯޓްކުރިއެވެ.

"ނަތީޖާއެއްގެ ގޮތުން، ގެދޮރު ގެއްލިފައިވާ އާއިލާތައް ދަނީ ދެކުނުގެ ސަރަހައްދުތަކުން ޣައްޒާގެ އުތުރު ސަރަހައްދުތަކަށް މިސްރާބު ޖަހަމުން،" އަލްޖަޒީރާއިން ބުންޏެވެ.

އެއާއެކުވެސް ވައިގެ މަގުންނާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ޣައްޒާ ސިޓީގެ އުތުރު ސަރަހައްދުތަކަށާއި ދެކުނުގައިވާ ޚާން ޔޫނިސް ސަރަހައްދަށް ހަމަލާ ދެމުންދާކަމުގެ ރިޕޯޓްތައް ލިބެއެވެ.

"މައްސަލައަކީ މިއަދު ފަތިހުއްސުރެ އިސްރާއީލުގެ ޑްރޯންތަކާއި ފައިޓަރު ޖެޓުތަކާއި އަދި ހަނގުރާމަ މަތީ މަނަވަރުތައް ވެސް ވަރަށް ގަދައަށް ހަރަކާތްތެރިވަމުންދާކަން،" އަލްޖަޒީރާގެ ރިޕޯޓަރަކު ބުންޏެވެ.

އަލް-އަހްލީ ހޮސްޕިޓަލްގެ މަސްދަރުތަކުން ބުނީ މިހާތަނަށް ހަތް މީހެއްގެ ހަށިގަނޑު ގެނެސްފައިވާ ކަމަށެވެ.

ރަސްމީ ގޮތުން އަންގަންދެން، ބޯޑަރު ކައިރި ސަރަހައްދުތަކަށް ނުދިއުމަށް، ޣައްޒާގެ މަދަނީ ދިފާއުން ވަނީ އާއްމުންނަށް އިންޒާރު ދީފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *