Support Us

ބަރަހަނާ ވީޑިއޯކޮށް، ބްލެކްމޭލްކޮށް ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރި، ބަރަހަނާ ވީޑިއޯކޮށް، ބްލެކްމޭލްކުރި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައަކީ، ފޭސްބުކް މެސެންޖަރ އިން މީހަކާ ވާހަކަދައްކައި އެ މީހާގެ އޮރިޔާން ވީޑިއޯ ހުރި ކަމަށް ބުނެ ބިރުދައްކައިގެން ހުޅުމާލެއަށް ގެންގޮސް، ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގައި، އޮރިޔާންކޮށް އަދި ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައެއް ކަމަށެވެ.

މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކުރި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ މުޙައްމަދު ޒަމީރު، 29، ސީރީން މަންޒިލް، ހއ. ފިއްލަދޫ އާއި ޢަލީ ހައިސަލް، 37، އަރާއިރު، ލ. ގަން، ތުނޑިއެވެ. އެ ދެ މީހުން ހައްޔަރުކުރީ މި ސެޕްޓެންބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް އެކެއްގައި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓަކުން އެ ދެ މީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު، އެކި މީހުން އަތުން ފޭރުނު ކަމަށް ބެލެވޭ ސާމާނުތަކެއް ފެނިފައިވާ ކަމަށެވެ. އެއީ ހަ ވަޅީގެ އިތުރުން ތިން މޯބައިލް ފޯނާއި ތިން އަތުކުރީގަޑި އާއި ޑްރޯނަކާއި ދޮއްޓަކާއި ދެ އަވިއައިނާއި ރިހި ފަށަކާއި ރިހި އަނގޮޓިއެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ހައިސަލް ހަތަރު ދުވަހަށް އަދި މުޙައްމަދު ޒަމީރު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

"ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މީހުންނާ ވާހަކަދައްކައި އޮރިޔާން ވީޑިއޯ ހުރި ކަމަށް ބުނެ ބިރުދައްކައިގެން، މުޙައްމަދު ޟަމީރު އާއި، ޢަލީ ހައިސަލް ދިރިއުޅޭ އެޕާޓްމަންޓަށް ގެންގޮސް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، ވީޑިއޯކޮށް އަދި ފައިސާ ހޯދައިފައިވާ އިތުރު ދެ މައްސަލަ ވެސް ރިޕޯޓުކޮށްފައިވެއެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ. "މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުން، އިތުރު މީހުންނަށް ވެސް ބިރުދައްކައިގެން ފޭރިފައިވާ ކަމަށް ބެލެވޭތީ، އެ މީހުންގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ދިމާވެފައިވާ އެއްވެސް މީހަކު ވާނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރަމެވެ."

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *