Support Us

ކޮލަމް ކޯދު: ޕޯސްޓު ނުކުރެވި އޮތް ސިޓީއެއްގައި ހުރި ވާހަކަކޮޅެއް

…………. އަށް،

1. ގުލްޝަން ކި ފަޤަޠް ޕޫހލޯން ސެ ނެހީނ
ޖީނޭ ކެ ލިޔޭ އިސް ދުނިޔާ މޭނ ޣަމް ކި ބީހ ޒަރޫތު ހޯތީ ހައި

ބަގީޗާގެ ރީތިކަން ބިނާ ވަނީ އެ ބަގީޗާގައި ހެދިފައިވާ ކުލަކުލައިގެ މާމަލުގެ މައްޗަށް އެކަންޏެއް ނޫންވެ. ބަގީޗާގެ ގަސްތަކުގައިވާ ކަށިތައް ވެސް، އެ ބަގީޗާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަން ގެނެސްދެއެވެ.

އެހެންވީމާ، ހަނދާނުގައި ބަހައްޓަން ޖެހެނީ، މި ދުނިޔާގައި އުޅޭ އިރު، އުފާވެރިކަމަކި ކޮބައިކަން އެނގެނީ ހިތާމަތައް ވެސް، އުފުލައި އެކަންކަން ވެސް ބަރުދާސްތުކޮށްގެންނެވެ.

މީގެ މާނައަކީ ކޮބައި ހެއްޔެވެ؟ އެއްޗެއްގެ އިދިކޮޅު، އޭގެ އިދިކޮޅުގެ ރީތިކަމާއި ފުރިހަމަކަން ފާޅުކޮށްދޭ ކަމެވެ. ހުދުގެ ސާފުކަން ރަނގަޅަށް އެނގެނީ ކަޅާއި ވިއްދާލީމައެވެ. ތެދުވެރިކަމުގެ އަގު ވަޒަންކުރެވޭނީ ދޮގު ވެސް ތަޖުރިބާ ކުރެވިގެންނެވެ. އިތުބާރެއްގައި އޮންނަ ރީތިކަން ފެންނަނީ އިތުބާރު ގެއްލިގެންދާ ވަގުތުތަކުގައެވެ. ވަފާތެރިކަމުގެ ފޮނިކަން އިހުސާސުވަނީ ބޭވަފާތެރިކަމުގެ ރަހަ ވެސް ދުލުގައި ލައިގެންނެވެ.

2. އާއެ ވާއިޒޭ ނާދަން، ކަރްތާ ހައި ތޫ އެކް ޤަޔާމަތު ކާ ޗަރުޗާ
ޔަހާނ ރޯޒް ނިގާހޭނ މިލްތީ ހައިނ ޔަހާނ ރޯޒް ޤަޔާމަތު ހޯތީ ހައި

އޭ ނާދާނު، އެބަހީ ކަންކަމުގެ ހަގީގަތް ރަނގަޅަށް ނޭނގޭ، ދުނިޔޭގެ ތަޖުރިބާ މަދު، މޮޔަ ވާއިޒެވެ. އެންމެން ނެތިދާނޭ އެއްމެ ގިޔާމަތް ދުވަހެއްގެ ވާހަކަ އިނބަ ދައްކަމު ނޫން ހެއްޔެވެ؟ ނަމަވެސް، އިބައަށް އެނގޭ ހެއްޔެވެ؟ އަހަރުމެން އެކުވެ، އަހަރުމެންގެ ހަތަރު ކަޅި ބައްދަލުވެ، އެއަށް ފަހު އަހަރުމެން ވަކިވާ ކޮންމެ ދުވަހަކީ ވެސް އަހަރުމެން ނެތިދާ، އަހަރުމެންނަށް ގިޔާމަތް ދުވަސް ލައިގަންނަ ދުވަހެކެވެ.

3. ވޯ ޕުރްސީޝޭ ޣަމް ކޯ އާއީ ހައިނ ކުޗް ކެހެ ނަސަކޫނ ޗުޕް ރެހެ ނަ ސަކޫނ
ޚާމޯޝް ރަހޫނ ތޯ މުޝްކިލް ހައި ކެހެ ދޯނ ތޯ ޝިކާޔަތު ހޯތީ ހައި

އަހަރެން ދެރަވެ، ހިތާމަކުރަނީ ކީއްވެތޯ އޮޅުންފިލުވަން، އަހަރެން ގާތަށް އެކަނބުލޭގެ އާދެއެވެ. ނަމަވެސް، އެއްޗެއް ބުނުމަކީ އަހަންނަށް އުނދަގޫކަމެކެވެ. އަދި ހަމައެހެންމެ، އަހަންނަށް އެއްޗެއް ނުބުނެ ހަނުހުރެވޭކަށް ވެސް ނޯވެއެވެ.

އެހެން ނުވާނީ ކީއްވެ ހެއްޔެވެ؟ ހިތުގެ އުދާސްތައް ހިތުތެރޭގައި ބަންދުކޮށްގެން އުޅެން އުނދަގޫވާނެ ނޫން ހެއްޔެވެ؟ ދެން، އެ އުދާސްތައް ބަންޑުންކޮށްލައިފި ނަމަ، އެކަން ވެގެންދާނީ ޝަކުވާކުރުމަކަށެވެ!

4. ކަރުނަ ހި ޕަޅޭގާ ޒަބްތޭ އަލަމް، ޕީނެ ހި ޕަޅޭގާ ޔެ އާނސޫ
ފަރިޔާދު އޯ ފޫގާނ ސެ އާއޭ ނާދާނ، ތައުހީނޭ މުހައްބަތު ހޯތީ ހައި

އެހެންވީމާ މި ވޭން އުފުލައި އެކަން ބަރުދާސްތުކުރުން ނޫން ގޮތެއް އަހަންނަކަށް ނެތެވެ. މިކަރުނަތައް ދިރުވާލަ ދިރުވާލަ ހުރުން ނޫން ގޮތެއް ވެސް އަހަންނަކަށް ނެތެވެ.

އެހެނީ، (ލޯބީގެ މައިދާނުގައި،) ޝަކުވާކުރުމަކީ ލޯތްބަށް ކުރެވޭ އިހާނަތެކެވެ. ލޯބީގެ އަގު ދަށްކޮށްލެވޭ ކަމެކެވެ. (ލޯބީގެ ހަގީގަތާއި އަދި އެކަމުގެ އުފަލާއި ލައްޒަތު ވެސް، ލޯބި މެދުވެރިކުރުވާ ގެއްލުމާއި ހިތާމަތަކާ ވެސް ގުޅިފައި ވެއެވެ.) އޭ ލޯބީގެ މައިދާނުގައި (ތަޖުރިބާ މަދު) މޮޔަ މީހާއެވެ! (މިކަން ދަންނާށެވެ!)

5. ޖޯ އާގޭ ރޫކޭ ދާމަން ޕެ ސަބާ، އަޝްކް ނަހީނ ހައި ޕާނީ ހައި
ޖޯ އަޝްކް ނަ ޗަހލްކޭ އާންކޯނ ސޭ އުސް އަޝްކް ކީ ގީމަތު ހޯތީ ހައި

(އަދި، މިކަން ވެސް ހަނދާނުގައި ބަހައްޓާށެވެ!) ކަލޭގެ އުނގަށް އުނގަށް އެޅޭ (ކަލޭގެ) ކަރުނައަކީ ހަމަ ހުސް ފެނެވެ. ނަމަވެސް، ކަލޭގެ ލޮލު ތެރޭގައި ހިފެހެއްޓިިފައި ހުންނަ (ލޯބި މެދުވެރިކުރުވާ، މުތީތަކެއް ފަދަ) ކަރުނައަކީ އަގު ނުކުރެވޭނޭ އެއްޗެކެވެ. (އެއީ ޖާނައި މާލުން ކަލޭ ހިބަކުރާ ކަލޭގެ ލޯބީގެ ފިދާ ކަމަށްވާތީއެވެ!)