މަންޝާ މަނިކުގެ ނަމުގައި މީގެ 35 އަހަރު ކުރިންސުރެ މަޝްހޫރުވެފައިވާ ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކުސޭޓު)ގެ "މަންޝާ އޮންލައިން" ޝޮޕިން މޯލް އަކީ ހުރިހައި އުމުރުފުރައަކަށް ހާއްސަ ތަނެކެވެ. ދޭސީއަކަސް ބިދޭސީއަކަސް ވަރަށް މުހިންމު ފިހާރައަކަށެވެ. ސްކޫލް ޗުއްޓީތެރޭގައި މާލެ އައިސް އުޅޭ އެންމެނާއި މާލެއިން އަދި ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން "މަންޝާ އޮންލައިން" އަށް ވަދެލަން ޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ދުނިޔޭގެ މަޝްހޫރު އިކިއާ ބްރޭންޑުގެ މުދަލުގެ އިތުރުން ވެސް މަޝްހޫރު އެތައް ބްރޭންޑެއްގެ މުދަލުން އެ ފިހާރަ ވަނީ ބަރާވެފައެވެ.
"މަންޝާ އޮންލައިން" އަބަދުވެސް ވެފައި ވަނީ ހުރިހައި އުމުރެއްގެ ބަޔަކަށް، ދޭސީއަކަށް ބިދޭސީއަކަށް ވިޔަސް ވަރަށް މުހިންމު ފިހާރައަކަށެވެ. ހުރިހައި ގޮތަކުން ބެލި ނަމަވެސް އެ ފިހާރަ މާ ބޮޑުތަނުން ތަފާތީއެވެ.
"މަންޝާ އޮންލައިން" ތަފާތުވާ ސަބަބުތައް ތަފާތު
ރިސޯޓުތަކުގެ ޝޮޕްތަކަށާއި ރަށްރަށުގެ ފިހާރަތަކަށް ބޭނުންވާ އެކި ކަހަލަ ސްވެނިއަރ އާއި ގޭތެރޭގެ އާންމު ދިރިއުޅުމަށް ބޭނުންކުރާ ހުރިހައި ސާމާނެއްގެ އިތުރުން ދެ ޖިންސުގެ ޒުވާނުންނާއި ކުޑަކުދީންނަށް ބޭނުންވާ ހުރިހައި ސާމާނެއް އެއް ފުރާޅެއްގެ ދަށުން ލިބެން ހުރުން އެއީ "މަންޝާ އޮންލައިން"ގެ މަގުބޫލްކަން އިތުރުވާ ފުރަތަމަ ސަބަބެވެ.
އެ ފިހާރައިގައި ނެތް އެއްޗެއް އެހެން ފިހާރައަކުން ވެސް ހަމަ ނުލިބޭނެއެވެ.

ދުނިޔޭގެ މަޝްހޫރު ހުރިހައި ބްރޭންޑްތަކެއްގެ އޮރިޖިނަލް ސާމާނު
"މަންޝާ އޮންލައިން" ހާއްސަވާ އަނެއް ސަބަބަކީ ދުނިޔޭގެ މަޝްހޫރު ހުރިހައި ބްރޭންޑްތަކެއްގެ އޮރިޖިނަލް ސާމާނު އެ ފިހާރައިން ލިބެން ހުރުމެވެ. ކުޑަކުދިންނަށް ބޭނުންވާ ސާމާނުން ފެށިގެން ގޭތެރޭގެ ހުރިހައި ދިމާލަކަށް ބޭނުންވާ ހުރިހައި ސާމާނެއް "މަންޝާ އޮންލައިން" އިން ލިބެއެވެ.
"އެއީ ސެންޓުފުޅިއަކަށް ވިޔަސް، ކޮސްމެޓިކްސް ކަމަށް ވިޔަސް، މިކްސަރަކަށް ވިޔަސް، ގަމީހަކަށް، ޓީޝާޓަކަށް ކަމަށް ވިޔަސް މިތަނުން ލިބޭނެ،" މަނިކުސޭޓު ބުންޏެވެ.
އިކިއާ ބްރޭންޑުގެ ސާމާނު އަތްފޯރާފަށުގައި
ދުނިޔޭގެ މަޝްހޫރު އިކިއާ ބްރޭންޑުގެ ސާމާނު އަތްފޯރާ އަގެއްގައި ބޭނުންނަމަ، "މަންޝާ އޮންލައިން" ނޫން އެހެން ތަނެއް ޚިޔާރުކުރުމުގެ ބޭނުމެއް ނެތެވެ. ލިސްޓު ވަރަށް ދިގެވެ. އެހެން ނަމަވެސް އެކި ސައިޒުގެ މޭޒާއި ގޮނޑި އާއި ކަބަޑާއި ހުދާއި ކަޅު ކުލައިގެ ޕާޓީ ޑްރެސް އާއި، ބަދިގޭސާމާނާއި ހިފައިގެންގުޅޭ އެކި ކަހަލަ ސާމާނު އެހުރީ އޭގެ އެންމެ ތާޒާކަމާއެކުގައެވެ.

ބާޒާރުގެ ހަރުތަކުން ގެއްލި، ނެތެމުންދާ މުހިންމު، ގިނަ ވައްތަރުތަކެއްގެ މުދާ
މީގެ އިތުރުން ބާޒާރުގެ ހަރުތަކުން ގެއްލި، ނެތެމުންދާ މުހިންމު، ގިނަ ވައްތަރުތަކެއްގެ މުދާ ދުނިޔޭގެ އެކި ދިމާތަކުން ހޯދައި، އާންމުންގެ އަތްފޯރާފަށަށް ގެންނަ ފިހާރައެއްގެ ގޮތުގައި ވެސް "މަންޝާ އޮންލައިން" ވަނީ މަޝްހޫރުވެފަ އެވެ. އެ މުދަލަކީ ރިސޯޓުތަކަށާއި ގެސްޓް ހައުސްތަކުގެ ޝޮޕްތަކަށް ވެސް ވަރަށް މުހިންމު ބާވަތްތަކަކަށް ވަނީ ވެފައެވެ.
"ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ޝޮޕްތަކަށް ހާއްސަކޮށް، ބާޒާރުގެ ހަރުތަކުން ގެއްލި، ނެތެމުންދާ މުހިންމު ވައްތަރުތަކެއްގެ ވަރަށް ގިނަ މުދާ "މަންޝާ އޮންލައިން" އިން ލިބޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ހުރިހައި ބާވަތެއްގެ މުދާ ހެޔޮ އަގުގައި ފޯރުކޮށްދިނުން،" މަނިކު ސޭޓު ބުންޏެވެ.

މުދާ ޑެލިވަރީ މާލެ، ހުޅުމާލެ އަދި ބޯޓުފަހަރަށް ވެސް ވަގުތުން
"މަންޝާ އޮންލައިން"ގެ ހާއްސަ އަނެއް ސިފައަކީ ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުދާ ޑެލިވަރީގެ އަވަސްކަމެވެ.
"މުދާ ޑެލިވެރީ މާލެ، ހުޅުމާލެ އަދި ބޯޓުފަހަރަށާއި އަދި ބޭނުންވެއްޖެ ނަމަ އެއަރފްރައިޓްކޮށް ވެސް ރާއްޖޭގެ ހުރިހައި ރަށަކަށް ފޮނުވައިދެވޭނެ. އޯޑަރު ދޭތާ ގިނަވެގެން އެއް ގަޑިއިރު ތެރޭގައި ސާމާނު ޑެލިވަރކޮށްދެވޭނެ. އަމާޒަކީ މާލޭ އޭރިޔާ އާއި ބޯޓުފަހަރަށް ގިނަވަގެން 20 ނުވަތަ 40 މިނިޓް ތެރޭގައި ޑެލިވަރކޮށްދިނުން،" މަނިކު ސޭޓު ބުންޏެވެ.
ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ޝޮޕްތަކަށް ބޭނުންވާ ހުރިހާ އެއްޗެއް އޭޓު ޒެޑަށް "މަންޝާ އޮންލައިން" އިން ލިބެން އެބަހުއްޓެވެ. މީގެ އިތުރުން މާލެއިން ފުރައިގެން ރާއްޖެތެރޭ ރަށަކަށް ނުވަތަ ރާއްޖެއިން ބޭރަށް ދާން ބޭނުންވާ މީހުންނަށް ބޭނުންވާނެ ހުރިހާ އެއްޗެއް ވެސް "މަންޝާ އޮންލައިން" އިން ފޯރުކޮށްދެއެވެ.
"އޭގެ އިތުރުން މާލެ އަންނަ ޓޫރިސްޓަކު އެނބުރި ގައުމަށް ދިއުމުގެ ކުރިން އެ މީހާއަށް ބޭނުންވާ ހުރިހައި އެއްޗެއް ވެސް މިތަނުން ލިބެން ހުންނާނެ. ނޫނިއްޔާ ރާއްޖެއިން ބޭރަށް ދިވެއްސަކު ދާން ބޭނުންވިޔަސް، ސުވެނިއަރއަކަށް ގެންދާނެ ދިވެހިވަންތަ އުފެއްދުންތައް ވެސް ހެޔޮ އަގެއްގައި، އަތްފޯރާފަށުގައި މިތަނުން ލިބޭނެ. އެހެންވީމާ ރަށުން ބޭރަށް ދާން އުޅޭ ކޮންމެ މީހަކު ވެސް މި ތަނަށް ވަދެލުމަކީ ވަރަށް މުހިންމު ކަމެއް،" މަނިކުސޭޓު ބުންޏެވެ.
"މި ތަނުން ވިއްކާ މުދަލުގެ ކޮލިޓީ ރަނގަޅުވެފައި އަގުތަކާ އެއްޗެތި ހެޔޮވީމާ އާންމުން މިތަން ވަރަށް ބޮޑަށް ބަލައިގެންފި. ރާއްޖޭގެ މާކެޓުން އާންމުކޮށް ލިބެން ހުންނަ ހުރިހައި އެއްޗެއް މި ތަނުން ލިބޭނެ. އަގުތައްވެސް ހަމަ އެހާ ހެޔޮވާނެ."

ރިސޯޓް ބޯއީޒް އަށް ޚާއްސަ
ރިސޯޓްތަކާއި ގެސްޓްހައުސް ޝޮޕްތަކުގެ އިތުރުން ރިސޯޓްތަކުގައި އުޅޭ މީހުން، އަމިއްލަ ބޭނުމަށް އެއްވެސް އެއްވެސް އެއްޗެއް ގަންނަން ބޭނުންވިޔަސް، އަދި ކުދިވެރިންނަށް ރަށަށް އެއްޗެއް ފޮނުވާލަން ބޭނުންވިޔަސް "މަންޝާ އޮންލައިން" އިން އެ ހިދުމަތެއް ވަރަށް ފަސޭހަކަމާއެކު ލިބޭނެއެވެ. ގުޅައިލައިފައި އޯޑަރު ދިނުމުން، އެ ސާމާނު ޕެކްކޮށް، ރިސޯޓް ފެރީ އަށް ނުވަތަ ރަށު ފެރީ އަށް ނުވަތަ ރަށު ބޯޓަށް ޑެލިވެރީވެސް ކޮށްދޭނެއެވެ.

ނުލިބޭނެ ވަކި އެއްޗެއް ނެތް، ހުރިހާ އެއްޗެއް ވެސް އެބަހުރި
"މަންޝާ އޮންލައިން"ގެ ބިޔަބޮޑު ފިހާރައަށް ވަދެލައިފި މީހަކު ހަމަ ހައިރާންވެ އަންތަރީސްވާނެއެވެ. އެތަނުގައި ނެތް އެއްޗެއް ވަކި އެހެން ފިހާރައަކުން ނުލިބޭނެއެވެ.
"ހުރިހައި ވައްތަރެއްގެ ހަނޑޫ ހުންނާނެ. ކަދުރު ހުންނާނެ. ހެނދުނުގެ ނާސްތާއަށް ބޭނުންވާނެ އޯޓްސް އާއި ކޯން ފްލޭކްސް އާއި ކިރާއި ހުރިހައި ސާމާނެއް. ހުރިހައި ވައްތަރެއްގެ ޑްރިންކްސް އާއި ކޭކު އަޅަން ބޭނުންވާ ސާމާނު، އެކި ވައްތަރުގެ ޕާސްތާ، ނެސްކެފޭ، ބިސްކޯދު، ނޫޑްލްސް، މިހެން ގޮސް ވީކެންޑަށް ބޭނުންވާނެ ހުރިހައި އެއްޗެއް މިހާރު މިތަނުން ލިބޭނެ،" މަނިކުސޭޓު ބުންޏެވެ.

"އޭގެ އިތުރުން ދިވެހިވަންތަ ސްވެނިއަރ ހުންނާނެ. މަގާއި މުންޑާއި ޓީޝާޓް ހުންނާނެ. ކުޑަކުދީންނަށް ބޭނުންވާނެ ހުރިހައި ސާމާނެއް ހުންނާނެ. ރީތިވާ ސާމާނު ހުންނާނެ. ސެންޓު، ލޯޝަން، ބޮޑީ ސްޕްރޭ، ޝޭމްޕޫ ހުންނާނެ. ޖާޒީ އާއި ޓީޝާޓާއި ސޯޓާއި ޒުވާނުން ކުޅިވަރު ކުޅޭ ހުރިހައި ސާމާނެއް ހުންނާނެ. މެޓާ، ޗޮކްލެޓް ހުންނާނެ. އަވިއައިނާއި ގަޑި ހުންނާނެ. އެކި ކަހަލަ ނަޓްސް ހުންނާނެ. ހެލްމެޓާއި އިސްތިރި އާއި ބެޑްޝީޓާއި ކުއިލްޓާއި ގެއާއި ބަދިގެތެރޭގެ އެކި ކަންކަމަށް ބޭނުން ހުރިހައި އެއްޗެއް ހުންނާނެ. ގޮދަޑި ހުންނާނެ. އެކި ސައިޒުގެ ފޮއްޓާއި ދަބަހާއި ތޮތްޕާއި ބެކްޕެކް ހުންނާނެ. މުސައްލަ ހުންނާނެ. އެކި ކަހަލަ ހާޑްވެއާރ ވެސް ހުންނާނެ. ރައްޓެހިންނަށް ދޭނެ އެކި ކަހަލަ ހަދިޔާ ވެސް ހުންނާނެ. އެކި ބްރޭންޑުތަކުގެ މޯބައިލް ފޯނާއި ކަވަރުވެސް ހުންނާނެ."

"މަންޝާ އޮންލައިން"ގެ ހިދުމަތް ހޯދުމަށް ހަދާނީ ކިހިނެއް؟
ސަލްޓަންޕާކުގެ އިރުމަތީ މަގުގައި، ގ. މޫނިމާގޭ ހުޅަނގު ކަންމަތީގައި ހުންނަ އެ ފިހާރައަށް ނުގޮސް، "މަންޝާ އޮންލައިން"ގެ ހިދުމަތް ހޯދުމަށް ބޭނުން ނަމަ، 7772341 ނުވަތަ 7991551 އަށް ގުޅައިލުމުން ނުވަތަ ވައިބަރ/ ވަޓްސްއަޕް މެސެޖެއް ކޮށްލިޔަސް ހުރިހައި ކަމެއް "ވަގްތުންވަގްތަށް" ހަމަޖެހޭނެ އެވެ.
"މަންޝާ އޮންލައިން" އިން ސްކޫލް ޗުއްޓީ އަށް ގެނެސްފައިވާ މުދަލުގެ އާ ޝިޕްމަންޓުގެ ބައެއް ފޮޓޯތައް ތިރީގައި މިވަނީއެވެ.































































advertisment

