Support Us

ޕްލައި ބިއަންގް ލެކްގެ ނަން ދީފައިވާ އެތް ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ފިހާރައިގެ ތެރޭގައި ހެދިކާ ހޯދަނީ

ހެދިކާ ހޯދަން އެތެއް ބެންކޮކް ފިހާރައަކަށް

ތައިލެންޑްގެ ޖަންގައްޔެއްގައި ހިމާޔަތްކޮށްފައިވާ ކައޮ ޔައި ގައުމީ ޕާކުގައި ދިރިއުޅޭ ބޮޑު އެތެއް ޕަކް ޗޮންގް އަވަށުގެ ފިހާރައަކަށް ހެދިކާ ހޯދަން ހިނގައްޖެއެވެ.

މި ދިޔަ މަހު ހިނގި ހާދިސާގައި ބާޒާރުކުރަން، ޕްލައި ބިއަންގް ލެކްގެ ނަން ދީފައިވާ އެތް ޝޮޕަށް ވަނުމުން އެ ތާނގެ ވެރިންނަށް ލިބުނީ ސިހުމެކެވެ. ވާނީ ވެސް އެހެން ވިއްޔާއެވެ. އެމެރިކާގެ އެން.ބީ.ސީ ނިއުސްގެ މި ވީޑިއޯއިން ވެސް ފެންނަ ގޮތުން، އެ ސޮރުގެ މަސައްކަތް ފެށުމުން ވަތްގަނޑުތައް ވީ ހަލާކެވެ.

ފިހާރަ ހުންނަނީ ޕާކާ އެއް ކިލޯމީޓަރު ނުވަތަ ބައި މޭލެއްހާ ކައިރީގައެވެ. ފިހާރައަށް ޕްލައި އައީ މެންދުރު ފަހު ގާތްގަނޑަކަށް ތިނެއް ޖެހިއިރުއެވެ. އެއިރު ވެރިމީހާ ހުރީ ކަސްޓަމަރަކަށް ހިދުމަތް ދޭށެވެ.

ޕްލައިގެ ބުރަކަށި ފިހާރައިގެ ފަންގިފިލައާ ހަމައަށް އަރައެވެ. އެންމެން "ޕެނިކް"ވެ، ހާސްވެގެން ބޭރަށް ދުއްވައިގަތެވެ. އަދި ޕާކަށް އެ ކަން އެންގިއެވެ.

ޕާކްގައި މަސައްކަތް ކުރާ ރޭންޖަރުންނާއި ފިހާރައިގެ ވެރިމީހާ އެ ބިޔަ ހައިވާނު ބާޒާރުކުރުން ހުއްޓައިލައިފައި ފިހާރައިން ނުކުމޭތޯ ތަފާތު ގޮތްގޮތަށް ހިތްވަރު ދިނެވެ. ބައެއް ފަހަރު އެ ސޮރާ ދިމާއަށް ހަޅޭއްލެވިއެވެ. އަނެއް ބައި ފަހަރު އެ ފިރިހެން އެތުގެ ކިބައިން އާދޭސް ކުރިއެވެ.

ނަމަވެސް އެތަށް މި ކަމުން އެއްވެސް ހާސްކަމެއް ނުލިބުނު ކަމަށް ބެންކޮކް ޕޯސްޓް ނޫހުން ރިޕޯޓްކުރިއެވެ. އެ ސޮރު ދިޔައީ ބައެއް ހެދިކާ ކަމުންނެވެ.

"އެތް ދިޔައީ ހެދިކާ ފެނޭތޯ އެ ސޮރުގެ ހޮނޑުން ވަތްގަނޑުތައް ހާވަމުން،" ތައިލެންޑްގެ ވެރިރަށަށް ނިސްބަތްވާ ނޫހުން ބުންޏެވެ.

އެންމެ ފަހުން، ގާތްގަނޑަކަށް 10 މިނެޓްކޮށްފައި، ޕްލައި ފިހާރައިން ނުކުމެގެން ދިޔައެވެ. އެނބުރި ޖަންގައްޔަށެވެ.

"އެއްވެސް ޒަހަމެއް ނުލިބޭ،" ބެންކޮކް ޕޯސްޓުން ބުންޏެވެ.

ފިހާރައިގެ ވެރިމީހާ ބުނީ ހަލާކުވެފައިވާ ވަތްގަނޑުތައް ހަދައިށާއި ގެއްލުންވި މުދާގެ ބަދަލުގައި އާ މުދާ ގެންނަން 1،000 ބާތު (30 ޑޮލަރު ނުވަތަ 462ރ.)އަށްވުރެ ބޮޑު ހަރަދެއް ހިނގާނެ ކަމަށެވެ.

"އެހެން ގޮތަކަށް ކަންތައްތައް ދިޔަ ނަމަ އެއަށްވުރެ ވެސް ބޮޑުވަރު ވީސް،" ބެންކޮކް ޕޯސްޓްގެ ރިޕޯޓު ނިންމައިލަމުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *