Support Us

ރާޑަރަށް ނާރާ ބީ-2 މަރުކާގެ ބޮން އަޅާ މަތިންދާބޯޓެއް އީރާންގެ ނިއުކްލިއަ ޕްރޮގްރާމް ހިންގާ މަރުކަޒަކަށް ބޮން އެޅި މަންޒަރުތައް

އީރާނަށް ދެވުނީ "ވަގުތީ ގެއްލުމެއް": އެމެރިކާ

އީރާނުގެ ނިއުކްލިއަ ޕްރޮގްރާމް ހިންގާ ތިން މަރުކަޒަކަށް ދެވުނީ "ވަގުތީ ގެއްލުމެއް" ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓެގަންއިން އިއުތިރާފުވެއްޖެއެވެ.

"ހަލާކުތަކެއް ދެވުނު ނަމަވެސް ފަނާކޮށްލެވުމާ ގާތަށް ވެސް ނުދޭ،" ޕެންޓެގަނުން ލީކުވެފައިވާ މެމޯއެއްގައި ބުނެފައިވެއެވެ.

"އޮޕަރޭޝަން ދަންވަރުގެ މަރުތޭލަ" ނުވަތަ "އޮޕަރޭޝަން މިޑްނައިޓް ހެމާ"ގެ ނަމުން ނަން ދީގެން ދިން ހަމަލާތަކުން "ކުރެވުނުހާ ހަމައެކަނި ކަމަކީ އީރާނުން ނިއުކްލިއަ ހަތިޔާރު އުފެއްދުމުގެ މަޝްރޫއު މަދު މަސްތަކެއް ފަހަތަށް ޖައްސައިލެވުން" ކަމަށް ޕެންޓެގަންގެ މަސްދަރުތަކުން ބުންޏެވެ.

އެ އިދާރާއިން ލީކުވި މެމޯގައި ބުނެފައިވަނީ ސެންޓްރިފިއުޖްތަކާއި ފައްކާކޮށްފައިވާ ޔުރެނިއަމް މާއްދާ އީރާނުން ފޮރުވައިފައިވާ "ބިންގަރާސްތަކުގައި ސަލާމަތުން ހުރި ކަމަށް ބެލެވޭ" ކަމަށެވެ.

މިސައިލާއި ވައިގެ މަގުން އެމެރިކާއިން އީރާންގެ ނިއުކްލިއަ ޕްރޮގްރާމް ހިންގާ ތިން މަރުކަޒަށް ހަމަލާ ދިން މަގުތައް ދައްކައިދޭ ގްރެފިކެއް

ޕެންޓެގަންގެ މި ލިޔެކިޔުން ފަޅާއެރުމުގެ ކުރިން ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ "އީރާނަށް ދެން ނިއުކްލިއަ ބޮމެއް ހެދޭނީ ވަރަށް ގިނަ ދުވަސް ފަހުން" ކަމަށެވެ.

އެހެންކަމުން ދިރާސާކުރާ ފަރާތްތަކުން މިހާރު ބުނަނީ މިހާ ބޮޑު އުއްމީދެއް ޓްރަމްޕް ގެންގުޅުއްވުން ރަނގަޅު ނޫން ކަމަށެވެ.

އެމެރިކާއިން ދިން ހަމަލާގައި އީރާންގެ ނިއުކްލިއަ ޕްރޮގްރާމް ހިންގާ މަރުކަޒަކަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައި

އީރާނުން މިހާރު ވަނީ އދ.ގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ، އިންޓަނޭޝަނަލް އެޓޮމިކް އެނަޖީ އެޖެންސީ (އައި.އޭ.އީ.އޭ)އާއެކު އޮތް ގުޅުން މެދުކަނޑައިލައިފައެވެ. އެ އިދާރާއަކީ ނިއުކްލިއަ ހަކަތަ ރައްކާތެރިކަމާއި އަދި ސުލްހަވެރި ބޭނުންތަކަށް ޕްރޮމޯޓު ކުރަން އދ.އިން އުފައްދައިފައިވާ ބައިނަލްއަގުވާމީ އިދާރާއެކެވެ. އަދި ގައުމުތަކުން ނިއުކްލިއަ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް މަސައްކަތް ކުރާ މުއައްސަސާއެކެވެ. އެ އިދާރާއާއެކު އީރާނުން ވެފައިވާ އެއްބަސްވުމުން އެމެރިކާ އަމިއްލައަށް ނުކުމެގަތީ ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *