އެމެރިކާ ސަރުކާރުގެ ތާއީދާއެކު މިހާރު ޣައްޒާގައި އެހީ ބަހަމުން އަންނަ އެމެރިކާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޣައްޒާ ހިއުމެނިޓޭރިއެން ފައުންޑޭޝަން (ޖީ.އެޗް.އެފް)އަށް ހައިރާތުކުރަނީ ކޮން ބައެއްކަން ހާމަކުރަން އެ ތަނުން ދެކޮޅުހަދައިފިއެވެ.
"ގިނަ އަމިއްލަ ފައުންޑޭޝަންތައް ފަދައިން މި ޖަމިއްޔާއިން ވެސް މި ޖަމިއްޔާއަށް ޗަންދާ ދައްކާ ފަރާތްތައް ހާމައެއް ނުކުރާނެ،" ޖީ.އެޗް.އެފްއަށް އަލަށް ކަނޑައެޅި އެގްޒެކެޓިވް ޗެއާމަން ޖޮނީ މޯ އެން.ބީ.ސީ ނިއުސްއަށް ބުންޏެވެ.
އޭނާ އިތުރަށް ބުނީ "ޔަގީންކަން ދެވޭނީ އިސްރާއީލުން ފައިސާ ނުދޭ" ކަމަށެވެ.
"އަހަރެމެންގެ އަމާޒު ހަގީގަތުގައި، ހަގީގަތުގައި ވެސް ސާފު: އެއީ ޣައްޒާ ރަށްވެހިންނަށް ކާންދިނުން،" ޖޮނީ ބުންޏެވެ.
ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި 16 މިލިއަން ނާސްތާ ބަހައިލި ކަމަށް އޭނާ ބުންޏެވެ.
އިސްރާއީލާ ގާތުން ގުޅިގެން އަދި އޭހީ ދޭ މިންވަރު ވަރަށް ބޮޑަށް މަދުކޮށްގެން އުޅޭތީ، އދ. އާއި އިންސާނީ އެހީ ދޭ އެހެނިހެން ޖަމާއަތްތަކުން ޖީ.އެޗް.އެފްއަށް ފާޑުކިޔަމުންދެއެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަނީ "އދ.އާ ނުބައްސާ، ޣައްޒާއަށް އެހީ ދިނުން ޖީ.އެޗް.އެފްއާ ހަވާލުކުރުމަކީ އިންސާނީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށާއި ހަނގުރާމައިގެ ޖަރީމާތަކުގައި ޖީ.އެޗް.އެފްއިން ބައިވެރިވުމުގެ ނުރައްކާ އެބައޮތް" ކަމަށެވެ.
ނަސޯރާ ދީން ފެތުރުމުގައި ހައްދުފަހަނަޅާފައިވާ ޖޮނީއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލަފާ އަރުވާ އެޑްވައިސަރެއްގެ މަގާމުގައި ކުރިން ހުރި މީހެކެވެ.
އޭނާ ބުނީ ޖީ.އެޗް.އެފްއާ "ޖައްސައިލައިގެން އުޅުމަކީ ހެއްވާ ކަމެއް" ކަމަށާއި އެ ޖަމިއްޔާއިން އަންނަނީ ޣައްޒާގެ އުތުރުގައި އެހީ ބަހާ އިތުރު މަރުކަޒުތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެއީ ނުރައްކާތެރި ހާލަތްތަކުގެ ތެރޭގައި ކަމަށާއި އދ.ގެ އެއްވެސް އެހީތެރިކަމަކާ ވެސް ނުލައި ކަމަށެވެ.



advertisment