Support Us

ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި އެ ގައުމުގެ ހާރިޖިއްޔާގައި އިއްޔެ ބޭއްވި 20 ގައުމުގެ ސަމިޓުގައި ބައިވެރިވި ފަރާތްތައް

ޣައްޒާ މައްސަލައިގައި ސްޕެއިންގައި ސަމިޓެއް

ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގޮވައިލުމަށް 20 ގައުމާއި ބައިނަލްއަގުވާމީ ޖަމާއަތްތައް ބައިވެރިކޮށްގެން ސްޕެއިންގައި ސަމިޓެއް ބާއްވައިފިއެވެ.

ވެރިރަށް މެޑްރިޑްގައި ސްޕެއިންގެ ހާރިޖިއްޔާގައި އިއްޔެ ބޭއްވި ސަމިޓުގައި ސްޕެއިނުން ގޮވައިލީ ބައިނަލްއަގުވާމީ ފެންވަރުގައި އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށެވެ. އެއީ ޣައްޒާގައި ބަނޑުހައިހޫނުކަމާއި މީހުން ޝަހީދުވުން ހައްދުފަހަނަޅައިދާތީއެވެ.

"މި ހަނގުރާމަ ހުއްޓުވަން ދަތިކުރުމުގެ ފިޔަވަޅުތައް އިސްރާއީލާ ދެކޮޅަށް އެޅުމާއި އަހަރެމެންނަށް ކުރެވުނު ހުރިހާ ކަމެއް ކުރަން ޖެހޭނެ،" ސްޕެއިންގެ ހާރިޖީ ވަޒީރު ހޯސޭ މެނުއަލް އަލްބަރެސް ވިދާޅުވިއެވެ.

"މެޑްރިޑް ގްރޫޕް"ގެ ނަމުގައި ބޭއްވި ބައްދަލުވުމަކީ އަންނަ މަހު 17 ގައި ފަލަސްތީންގެ މިނިވަން ދައުލަތަކާ ބެހޭ ގޮތުން އދ.އިން ބާއްވާ ޖަލްސާއަށް ތާއީދު ހޯދުމަށް ބޭއްވި ބައްދަލުވުމެކެވެ.

ޣައްޒާއަށް އެހީ ވެއްދުން އިސްރާއީލުން މަނާކޮށްފައި އޮތުމުގެ ސަބަބުން ގާތްގަނޑަކަށް 54،000 އެއްހާ މީހުން ޝަހީދުވެފައިވާތީ ޣައްޒާ ހަނގުރާމަ ނިންމުމުގެ މުހިންމުކަމުގެ މައްޗަށް ހޯސޭ އަލިއަޅުވައިލެއްވިއެވެ.

ދެ މަހަށް ފަހު ޣައްޒާއަށް އެހީ ވެއްދުމަށް އިސްރާއީލުން ހުއްދަ ދިނީ ދާދި މަދު މިންވަރަކަށް ކަމަށް އެހީ ދޭ ޖަމާއަތްތަކުން ބުނެއެވެ.

ޖަރުމަނީ އާއި މިސްރުން ވެސް ވަނީ ޣައްޒާ ހަނގުރާމަ އަވަހަށް ނިންމައިލައި ސިޔާސީ ހައްލެއް ގެނައުމަށް ގޮވައިލައިފައެވެ.

ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމުކުރަން ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުން އަންނަ މަސައްކަތަށް މިހާރު އަންނަނީ އާ ހިތްވަރެއް ލިބެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *