Support Us

އަޔަލޭންޑްގެ ހުރިހާ ދޫންޏެއްގެ އަޑު ރެކޯޑުކުރަން މަސައްކަތްކުރަމުން އަންނަ ޝޯން ރޮނީން

އަޔަލޭންޑްގެ ހުރިހާ ދޫންޏެއްގެހެން އަޑު ރެކޯޑުކޮށްފި

އަޔަލޭންޑްގެ އުމުރުން 36 އަހަރުގެ ދޫނި އިލްމްވެރިޔާ ޝޯން ރޮނީން އެ ގައުމުގެ ގާތްގަނޑަކަށް ހުރިހާ ދޫންޏެއްގެ އަޑު ރެކޯޑުކޮށްފިއެވެ.

ގައުމީ ދޫނީގެ އާބާދީ ސިހޭ މިންވަރަކަށް ދަށަށް ދަމުންދާ ދަނޑިވަޅެއްގައި އޭނާ މިހާތަނަށްވަނީ 201 ދޫނީގެ އަޑު ރެކޯޑުކޮށްފައެވެ. ބާކީ އަޑު ރެކޯޑު ނުކުރެވިފައިވަނީ ދެ ދޫންޏެއްގެ އަޑެވެ.

"މުޅި ދުނިޔޭގައި ފަދައިން އަޔަލޭންޑްގައި ވެސް ދޫނިތައްވަނީ ނުރައްކަލަށް ހުށަހެޅިފައި. ޖިސްމާނީ ގޮތުން ވެސް އެ ސޮރުމެން ދަނީ ނެތެމުން. އަދި އެ ސޮރުމެންގެ އަޑުތައް ވެސް ދަނީ ކެނޑެމުން. މިއީ ބޮޑުވެގެންވާ ހިތާމައެއް،" ޝޯން ބުންޏެވެ.

އޭނާ އެއްކޮށްފައިވާ 12،000 އޯޑިއޯ ކްލިޕަކީ ދޫނި ހިމާޔަތްކުރަން އޭނާކުރާ ކެމްޕޭންގެ ބައެކެވެ. އަދި މިއީ ދޫންޏާމެދު އުފާކުރަންޖެހޭ ކަމެއްކަމަށް ވެސް އަންގައިދިނުމަށް އޭނާކުރި މަސައްކަތެކެވެ.

ދުނިޔެއަށް އަޔަލޭންޑް މަޝްހޫރުވެފައިވަނީ ފެހި ގައުމެއްގެ ގޮތުގައެވެ. ނަމަވެސް ޝޯން އިންޒާރު ދިނީ އަޔަލޭންޑްގެ ބިންތައް މިހާރު ހަލާކުވެފައިވާކަމަށެވެ. ސަބަބަކީ ދިރޭތަކެތި ދިރިއުޅޭ މާހައުލުތައް ނެތިގެންދިއުމާއި އެއްބާވަތެއްގެ ގަސްގަހާގެހި ހުންނަ ޖަންގަލިތަކާހުރެއެވެ.

އަމިއްލަ ހަޔާތާ ބެހޭ ބަޔޯގްރަފީ އާއި އިނާމު ލިބިފައިވާ އެހެނިހެން ފޮތްތަކާއި ތަގުރީރުތަކާއި އަދި ފަތިހު ހިނގާލަންދިއުން ފަދަ ކަންތައްތަކުން ޝޯން އަންނަނީ މީހުން ގުދުރަތާ ގުޅުވައިދެމުންނެވެ.

"ދިރޭތަކެއްޗަކީ ކިހާ ރީތި އެއްޗެހިކަން މީހުންނަށް ރޭކާލާ ނަމަ، އެ ތަކެތި ނެތިދިޔަކަ ނުދޭނެ،" ޝޯން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *