Support Us

އިސްރާއީލުން އިއްޔެ ދެކުނު ލުބްނާނަށް ދިން ހަމަލާއެއްގައި އިމާރާތްތަކެއްގައި ރޯވެފައި

އިންތިހާބާ ދިމާކޮށް ދިން ހަމަލާތައް ލުބްނާނުން ކުށްވެރިކޮށްފި

މާދަމާ ބާއްވާ މުނިސިޕަލް އިންތިހާބުގެ ފަހު ބުރާ ދިމާކޮށް އިސްރާއީލުން އިއްޔެ ދިން ހަމަލާތައް ލުބްނާނުން ކުށްވެރިކޮށްފިއެވެ.

"މިއީ ދެކުނު ލުބްނާންގެ މަސްރަހު އިތުރަށް ހޫނުވާނެ ކަމެއް،" ބޮޑު ވަޒީރު ނަވާފު ސަލާމު ވިދާޅުވިއެވެ.

އޭނާ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ހިޒްބުﷲއާއެކު އިސްރާއީލުން ގާއިމުކުރި ސުލްހައިގެ އެއްބަސްވުމަށް އިސްރާއީލުން އިހުތިރާމް ކުރުމަށް ޕްރެޝަރު ކުރުމަށެވެ. ލުބްނާންގެ މުނިސިޕަލް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ހިޒްބުﷲ އާއި އެ ޖަމާއަތާ ގުޅިފައިވާ ފަރާތްތަކެވެ.

"އިސްރާއީލުން ހިޒްބުﷲއާއެކު ގާއިމުކޮށްފައިވާ އެއްބަސްވުމަށް އިހްތިރާމް ނުކުރިޔަސް އިންތިހާބު ބާއްވައި، ލުބްނާނާއި ލުބްނާންގެ ރައްޔިތުން ހިމާޔަތް ކުރަން ލުބްނާންގެ ދައުލަތުން ފަސްނުޖެހޭނެ،" ނަވާފު ވިދާޅުވިއެވެ.

އިސްރާއީލުން ދެކުނު ލުބްނާންގައި ހުރި ހިޒްބުﷲގެ މަރުކަޒުތަކަށް ދިން ހަމަލާތަކުގައިވަނީ ހިޒްބުﷲގެ އެއް ހަނގުރާމަވެރިޔަކު މަރުވެފައެވެ.

"މިއީ ހިޒްބުﷲއާއެކު އިސްރާއީލުން ގާއިމުކުރި ސުލްހައިގެ އެއްބަސްވުމަށް ފަހު މިހާތަނަށް އިސްރާއީލުން ދެކުނު ލުބްނާނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް،" ލުބްނާންގެ ގައުމީ ނޫސް އެޖެންސީން ރިޕޯޓުކުރިއެވެ.

ހިޒްބުﷲއާއެކު އިސްރާއީލުން ގާއިމުކުރި ސުލްހައިގެ މުއާހަދާއަކީ އދ.ގެ ގަރާރަކުންވި އެއްބަސްވުމެކެވެ. މުއާހަދާގައި ބުނާ ގޮތުން ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ހަމަލާ ބަދަލުކުރަމުން ދިޔަ ސަރަހައްދުން ދެ ފަރާތުގެ ހަނގުރާމަވެރިން ވެސް ދުރުވާން ޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *