Support Us

އިންޑިއާއިން ދިން ވައިގެ ހަމަލާއެއްގައި ޕާކިސްތާންގެ މުރިދްކޭގައި ހުރި އިމާރާތެއް ހަލާކުވެފައި

އިންޑިއާގެ ހަމަލާތަކުގައި އާއްމުންގެ 31 މީހުން މަރުވެއްޖެ: ޕާކިސްތާން

މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި 26 ޓޫރިސްޓުން މަރައިލި ޓެރަރިސްޓް ހަމަލާއާ ގުޅިގެންކަމަށް ބުނެ "އޮޕަރޭޝަން ސިންދޫރު"ގެ ނަމުގައި ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން ފަށައިފައިވާ އަސްކަރީ އޮޕަރޭޝަންގައި މިހާތަނަށް މަދުވެގެން އާއްމުންގެ 31 މީހުން މަރުވެއްޖެކަމަށް ޕާކިސްތާނުން ބުނެފިއެވެ.

އިންޑިއާއިން އިއްޔެ ވައިގެ ހަމަލާތައް ދީފައިވަނީ ޕަންޖާބް ޕްރޮވިންސަށާއި ކަޝްމީރުގެ ޕާކިސްތާން ފަޅިއަށެވެ. ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭކަމަށާއި 57 މީހުން ޒަހަމްވިކަމަށް ވެސް ޕާކިސްތާނުން ބުންޏެވެ.

"މި ހަމަލާތަކަކީ ހަނގުރައިމައިގެ ފިނޑި އަމަލުތަކެއް. މި ކަމުގެ ބަދަލުހިފާނަން،" ބޮޑު ވަޒީރު ޝަހްބާޒު ޝަރީފު ވިދާޅުވިއެވެ.

ދިފާއީ ވަޒީރު ހަވާޖާ އާސިފު ވިދާޅުވީ ހަނގުރާމައެއް ކުރަން ޕާކިސްތާނުން ތައްޔާރުކަމަށާއި ނަމަވެސް އެ ކަން ކުރަން ނޭދޭކަމަށެވެ.

އިންޑިއާއިން ބުނީ ޕާކިސްތާނުން ބަދަލުގައި ދިން ހަމަލާތަކުގައި އާއްމުންގެ ތިން މީހުން މަރުވިކަމަށެވެ.

"އޮޕަރޭޝަން ސިންދޫރު"ގައި ހަމަލާތައް އަމާޒުކުރީ ލަކްޝަރޭތޮއިބާ އަދި ޖާއިޝޭމުހައްމަދުގެ ޓެރަރިސްޓް ނުވަ މަރުކަޒަށްކަމަށް އިންޑިއާއިން ބުންޏެވެ.

ޕާކިސްތާނުން ބުނީ އިންޑިއާގެ ހަނގުރާމަމަތީ ފަސް ޖެޓު ވައްޓައިލިކަމަށާއި ޖައްމޫ އަދި ކަޝްމީރުގައި ޕާކިސްތާނާއި އިންޑިއާއިން ބާރު ހިންގާ ދެ ފަރާތް ކަނޑައަޅާ ބޯޑަރު ނުވަތަ ލައިން އޮފް ކޮންޓްރޯލް (އެލް.އޯ.ސީ)ގައި އާޓިލަރީން ހަމަލާ ބަދަލުކުރިކަމަށެވެ.

ނިއުކްލިއާ ހަތިޔާރު ހުރި ދެކުނު އޭޝިއާގެ ދެ އަވަށްޓެރިންގެ ދެމެދުގައި ކަޝްމީރު ކޮންޓްރޯލްކުރުމުގެ މައްސަލައިގައި މިހާތަނަށްވަނީ ތިން ހަނގުރާމަކޮށްފައެވެ. އެއީ 1947 ގައި އިނގިރޭސި ވިލާތުގެ އަތްދަށުން ދެ ގައުމު މިނިވަންވުމަށް ފަހުއެވެ.

މަސްރަހު މިހާރު ހޫނުވަމުންދާއިރު ދެ ގައުމުން މި ކަން ފިނިކުރަން ސުލްހަ އިސްކުރަން އެމެރިކާ، އިނގިރޭސި ވިލާތް، ޗައިނާ އަދި ތުރުކީން ގޮވައިލިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *