އިންޑިއާގެ ރައްޔިތެއް ކަމަށްވާ ނައީމް ސައުދީ އަރަބިއްޔާގައި މަސައްކަތްކުރާތާ 30 އަހަރުވެއްޖެއެވެ. ހިތުގެ ބަލި ހުންނަ މީހެއްގެ ގޮތުން އޭނާ ބޭނުންވީ ރިޓަޔާކުރާށެވެ.
ނައީމް ރާވައިފައި އޮތީ ސައުދީއަށް އޭނާގެ ފިރިހެން ދަރިފުޅު ގެނެސް ހެދުން ފެހުމުގެ މަސައްކަތް ދަސްކޮށްދިނުމަށެވެ. އަދި އެއަށް ފަހު ރިޓަޔާވާށެވެ.
ހުރިހާ ކަމެއް އެއިރު ކުރިއަށް ދިޔައީ ނައީމްގެ ރޭވުމާ އެއް ގޮތަށެވެ. އޭނާ ދެކެމުން އައި ހުވަފެނަކީ ރިޓަޔާކުރުމަށް ފަހު އެނބުރި އިންޑިއާއަށް ގޮސް އާއިލާއާއެކު ދިރިއުޅުމެވެ.
ނައީމް މަސައްކަތްކުރަމުން އައީ ސައުދީގެ ވެރިރަށް ރިޔާޒްއާ 300 ކިލޯމީޓަރު ދުރުގައި އޮންނަ އަލް އަފްލާޖުގައި ހުރި ފަހާ ތަނެއްގައެވެ.
ދަރިފުޅު ސައުދީއަށް ގެނައީ ރޯދައިގެ ކުރިންނެވެ. ދެން އާއިލާއާއެކު ރޯދަ މަސް ހޭދަކޮށްލުމަށްޓަކައި ނައީމް އެނބުރި ދިޔައީ އިންޑިއާއަށެވެ.
ފިތުރު އީދު ފާހަގަކުރުމަށް ފަހު އޭނާ އަލުން ސައުދީއަށް އައެވެ. އަދި ސައުދީ ސްޓައިލަށް ފަހަން އޭނާގެ ދަރިފުޅަށް ދަސްކޮށްދޭން ފެށިއެވެ.
ނަމަވެސް ހިތާމައަކީ މިއެވެ؛ ނައީމް ސައުދީއަށް އެނބުރި އައިތާ ދެ ދުވަސް ތެރޭ އޭނާގެ ދަރިފުޅު މަގުމަތީ އެކްސިޑެންޓެއްގައި މަރުވިއެވެ. އަލް އަފްލާޖުގައި ނައީމް އޭނާގެ ޒުވާން ދަރިފުޅު ވަޅުލީ ބަރުކަން ބޮޑު ހިތަކާއެކުއެވެ.
ނައީމް ބުނީ އޭނާ ވަޅުލީ ހަމައެކަނި އޭނާގެ ދަރިފުޅު ނޫންކަމަށެވެ. ނަމަވެސް އޭނާ ފަސް އެޅީ ރިޓަޔާކޮށްފައި ދިރިއުޅެން އުއްމީދުކޮށްފައިވާ ހަޔާތަށް ވެސްކަމަށެވެ.
ނައީމަށް މިހާރު ޖެހިފައިވަނީ އޭނާ ކުރަމުން އައި ފެހުމުގެ މަސައްކަތައިގެން ކުރިއަށް ދާށެވެ. އިންޑިއާގައި ތިބި އޭނާގެ އާއިލާއަށް ކާންބޯން ދީ ބަލަހައްޓައިށެވެ. އޭނާ މަރުވަންދެން އޭނާގެ ހަޔާތް ހޭދަކޮށްލުން އޮތީ މި ގޮތުގައެވެ.



advertisment