Support Us

މައްކާގެ އަބްރާޖުލްބައިތު ނުވަތަ ކްލޮކް ޓަވާސް ސެންޓަރުގައި ހުޅުވި ދުނިޔޭގެ އެންމެ ބޮޑު ބޯކޮށާ ތަން

ދުނިޔޭގެ އެންމެ ބޮޑު ބޯކޮށާ ތަން މައްކާގައި ހުޅުވައިފި

ދުނިޔޭގެ އެންމެ ބޮޑު ބޯކޮށާ ތަން ސައުދީ އަރަބިއްޔާގެ މައްކާގައި ހުޅުވައިފިއެވެ.

ދުވާލަކު 15،000 މީހުންނަށް ހިދުމަތް ދެވޭ ގޮތަށް 170 ގޮނޑީގެ މި ސެލޫން ހުޅުވީ މަޝްހޫރު އަބްރާޖުލްބައިތު ނުވަތަ ކްލޮކް ޓަވާސް ސެންޓަރުގައެވެ.

"މިއީ ހައްޖުވެރިންނަށާއި އުމްރާވެރިންނަށް ފަސޭހަކަމާއެކު ބޯކޮށުމުގެ ހިދުމަތް ދިނުމަށް ޑިޒައިންކޮށް އޮޕަރާޓުކުރާ ތަނެއް. މި ތަން ހަދައިފައިވަނީ ބައިނަލްއަގުވާމީ ފެންވަރަށް،" ސައުދީ ގެޒެޓުން ރިޕޯޓުކުރިއެވެ.

މި ސެލޫނަކީ ހަރަމްފުޅު ކައިރީގައި ބޯކޮށުމުގެ ހިދުމަތުގެ ކޮލިޓީ ރަނގަޅު ކުރުމާއި ބޯކޮށުމުގެ ހިދުމަތް ފުޅާކުރުމަށް ހިންގާ ފުރަތަމަ ފޭސްގައި ހުޅުވި ތަނެކެވެ.

"ގާތްގަނޑަކަށް ދުވާލަކު 15،000 އަށްވުރެ ގިނަ މީހުންނަށް ހިދުމަތް ދޭއިރު ކޮންމެ މީހެއްގެ ބޯކޮށުމަށް ނަގާނީ ނިސްބަތުން ތިން މިނެޓު،" ސައުދީ ގެޒެޓުން ބުންޏެވެ.

މައްކާގެ ކްލޮކް ޓަވާސް ސެންޓަރަކީ ދުނިޔޭގެ އެންމެ ބޮޑު ގަޑި ހުންނަ މަރުކަޒެވެ. މި ތަނުގައި ފަސް ތަރީގެ ހޮޓަލަކާއި ވިޔަފާރިކުރާ ޝޮޕިން މޯލެއް ހުރެއެވެ.

މި މަޝްރޫއަކީ މާތްވެގެންވާ މައްކާއަށް ޒިޔާރަތްކުރާ ހައްޖުވެރިންނާއި އުމްރާވެރިންނާއި އަދި އެހެނިހެން މީހުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ފަށައިފައިވާ ޕްރޮޖެކްޓެކެވެ. އެ ގޮތުން މައްކާގެ ކައިރީގައި މިހާރު ވެސް ގާއިމުކޮށްފައިވާ މަސާރު މަޝްރޫއާއި ޖަބަލު އުމަރު މަޝްރޫއު އަދި ޒަހަރު މައްކާ މަޝްރޫއާ ގުޅުވައިލުމުން މި ސަރަހައްދުވެގެން އަންނާނީ އުމްރާނީ ގޮތުންނާއި ހިދުމަތުގެ ގޮތުން ބިޔަ ބޮޑު ސަރަހައްދަކަށް ކަމަށް ސައުދީ ގެޒެޓުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *