Support Us

ވައިޓް ހައުސްގެ ދަގަނޑު ފެންސުގެ ތެރެއިން އިއްޔެ ތުއްތުކުއްޖާ އެތެރެއަށް ވަނުމުން ސިއްރު ސިފައިންގެ މީހަކު އެ ކުއްޖާ އުރާލައިގެން

ވައިޓް ހައުސްގެ ސަލާމަތީ ފެންސުގެ ތެރެއިން ތުއްތުކުއްޖަކު ފިރުކިގެންފި

ސެކިއުރިޓީ ވަރުގަދަ އެމެރިކާގެ ރައީސްގެ ރިޔާސީ ގަނޑުވަރު ކަމަށްވާ ވައިޓް ހައުސްގައި ސަލާމަތީ ގޮތުން ހަދައިފައިވާ ދަގަނޑު ފެންސެއްގެ ތެރެއިން ތުއްތުކުއްޖަކު ފިރުކިގަތްފައި އެ ތާނގެ އެތެރެއަށް ވަދެއްޖެއެވެ.

އެ ތަނުގެ ސެކިއުރިޓީ އިއްޔެ "މުގުރައިލުމުން" ސިއްރު ސިފައިން އައިސް އެ ކުއްޖާ ނަގައިގެން އެ ކުއްޖާގެ މައިންބަފައިންނާ ހަވާލުކުރަން ގެންދާ ވީޑީއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.

ސިއްރު ސިފައިންގެ ތަރުޖަމާނު އެންޓަނީ ގުގްލިއެލްމީ ބުނީ ކުއްޖާ ވައިޓް ހައުސް ތެރެއަށް ދެމިގަތީ އިރުއޮއްސި 6.30 ކަންހާއިރު ކަމަށާއި އެއީ ގަނޑުވަރުގެ އޮފީހުގައި ހުންނަވައިގެން ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާއަށް ވައްދާ ކާރުތަކުން 25 ޕަސެންޓްގެ ޑިއުޓީއެއް ނަންގަވާނެ ކަމަށް އިއުލާން ކުރެއްވިތާ ގަޑިއެއްހާއިރު ފަހުން ކަމަށެވެ.

"ސިއްރު ސިފައިންގެ އޮފިސަރުން ދާދި އަވަހަށް އެ ކުއްޖާގެ ބެލެނިވެރިންނާ އެ ކުއްޖާ ހަވާލުކުރި. އެއީ އެއްވެސް އިތުރު ހާދިސާއެއް ދިމާނުވެ،" އެންޓަނީ ސޯޝަލް މީޑިއާގައި ލިޔުނެވެ.

ވައިޓް ހައުސްގެ ދަގަނޑު ފެންސުގެ ތެރެއިން އިއްޔެ ފިރުކިގަތް ތުއްތުކުއްޖާ އުރައިލައިގެން ސިއްރު ސިފައިންގެ މީހަކު އެ ކުއްޖާގެ މައިންބަފައިންނާ ހަވާލުކުރަން އެ ކުއްޖާ ގެންދަނީ

ސޯޝަލް މީޑިއާގައިވާ ވީޑިއޯއިން ފެންނަނީ ހަތިޔާރު އެޅި ސިފައިންގެ މީހަކު އެ ކުއްޖާ އުރައިލައިގެން އެހެން އޮފިސަރަކާ ހަވާލުކުރާ މަންޒަރެވެ.

މި ކަހަލަ ހާދިސާތައް މީގެ ކުރިން ވެސް ހިނގައިފައި އެބަހުއްޓެވެ. އެ ގޮތުން 2023 ގެ އެޕްރިލްގައި ވެސް ވަނީ ތުއްތުކުއްޖަކު ވައިޓް ހައުސްގެ ސަލާމަތަށް ޖަހައިފައިވާ ދަގަނޑު ފެންސުގެ ތެރެއިން ފިރުކިގަތްފައި ގަނޑުވަރު ތެރެއަށް ވަދެފައެވެ. އެ ފަހަރު ކުއްޖާ އޭނާގެ މައިންބަފައިންނާ ހަވާލުކުރުމަށް ފަހު ސިއްރު ސިފައިން މައިންބަފައިންނާ ކުޑަ އިރުކޮޅަކު ސުވާލުކުރިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *