Support Us

ޕައިލެޓުންނަށް ޕާސްޕޯޓް ހަނދާން ނެތުމުން ފްލައިޓު އަނބުރައިލައިފި

އާދަޔާހިލާފު ހާދިސާއެއްގައި އެމެރިކާގެ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއް ޗައިނާގެ ޝެންހާއީ ސިޓީއަށް ދަތުރުކުރަމުން ދަނިކޮށް ހީނުކުރާ ކަހަލަ ގޮތަކަށް ފްލައިޓު އަނބުރައިލަން ޖެހިއްޖެއެވެ. ވީ ގޮތަކީ ޕައިލެޓުންނަށް އެ މީހުންގެ ޕާސްޕޯޓް ހަނދާން ނެތި ފްލައިޓަށް ނުގެނެވުނުކަން އެ ތަނުން އެއް ޕައިލެޓަކު ހަނދާންވީއެވެ.

"މި ކަން ހިނގީ މި ދިޔަ ހޮނިހިރު ދުވަހު ފްލައިޓު ނަންބަރު ޔޫ.އޭ-198 ގައި. ފްލައިޓު ނައްޓައިލީ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލިސް ސިޓީގެ ބައިނަލްއަގުވާމީ އެއާޕޯޓުން 257 ފަސިންޖަރުންނާއި 13 ފަޅުވެރިންނާއެކު،" މީޑިއާގައި ރިޕޯޓްކުރިއެވެ.

ބޮއިންގް 787-9 މަރުކާގެ މި މަތިންދާބޯޓުގެ ޕައިލެޓުންގެ ތެރެއިން ޕައިލެޓަކަށް މި ކަން ރޭކާލީ 13 ގަޑި އިރާއި ބައިގެ ދަތުރުގައި ގާތްގަނޑަކަށް ދެ ގަޑިއިރު ދުއްވުނުތަނާ ޕެސިފިކް ކަނޑު މަތިން ދަނިކޮށެވެ.

ޕާސްޕޯޓަކީ ކޮންމެހެން މުހިންމު ދަތުރުފަތުރާ ބެހޭ ލިޔެކިޔުމެއް ކަމަށްވާތީ ދާންވާ މަންޒިލަށް ދެވެން ނެތުމުން އަނބުރާ ފްލައިޓު ގެންގޮސް ޖެއްސީ ކެލިފޯނިއާގެ ސޭން ފްރޭންސިސްކޯ ސިޓީގެ ބައިނަލްއަގުވާމީ އެއާޕޯޓަށެވެ. އެ ވަގުތު އެ އެއާޕޯޓުގައި ވަނީ ޕާސްޕޯޓާއެކު އެހެން ޕައިލެޓުން އެ ފްލައިޓު ދުއްވަން ގެނެސްފައެވެ.

"ހިޔާލު ކުރެވުނު ފަދައިން ފްލައިޓު މިހެން ޑިލޭވުމުން ފަސިންޖަރުން ތިބީ ހިތްހަމަނުޖެހިފައި. އެ މީހުންނަށް ހަ ގަޑިއިރު ގެއްލުނު."

މި ލަސްވުމާމެދު އެއާލައިނުން މައާފަށް އެދުނެވެ. އަދި ކެއިންބުއިމުގެ ވައުޗަރާއި އެހެނިހެން ބަދަލު ފަސިންޖަރުންނަށް ފޯރުކޮށްދިނެވެ.

"ފްލައިޓު އެންމެ ފަހުން އަލުން ދަތުރަށް ފެށީ އެ ރޭ. ޝެންހާއީއަށް އާދެވުނީ ޝެޑިއުލް ފަހަނަޅާ ބައިވަރު ގަޑިއިރު ވީ ފަހުން."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *