ތިރީގައި މިވަނީ އުމުރުން ދުވަސްވުމާ ބެހޭ ގޮތުން މީހަކު ބުނާ ވާހަކައެވެ.
1. މުސްކުޅިވެއްޖެ ކަމުގެ ފުރަތަމަ އަލާމާތަކީ މުސްތަގުބަލަށްޓަކައި އުޖާލާ ހުވެފެންތައް ދެކޭ މީހަކަށް ވުމުގެ ބަދަލުގައި މާޒީގެ ހަނދާންތައް އާކުރުމުގައި ދުވަސްތައް ހޭދަކުރާ މީހަކަށްވުމެވެ.
2. ޒަމާނަކީ ޒަޚަމްތައް ފަސޭހަކޮށްލަދޭ މޮޅު ބޭސްވެރިޔަކަށް ވެދާނެއެވެ. ނަމަވެސް، އެއީ ރީތިކޮށް މޭކަޕްކޮށްދޭން ނުދަންނަ މޭކަޕްކުރާ މީހެކެވެ.
3. ޒުވާންވެލުމަށްޓަކައި ދުވަހަކު ވެސް ކަލޭ މުސްކުޅިއެއް ނުވެއެވެ.
4. ދުވަސްވަމުންދާހެން، ރީތިކަން ނަފްސުގެ ތެރެއަށް ވަދެ ފިލައެވެ.
5. ހިތުން ފުން ލޯތްބެއް އުފެދިފައިވާ މީހާ ދުވަހެއްގައި ވެސް މުސްކުޅިއެއް ނުވެއެވެ. އެފަދަ މީހާ މަރުވަނީ ޅަކޮށް ހުރެއެވެ.
6. އަހަރުމެންނަށް ފެންނަނީ އެހެން މީހުންގެ ދުވަސްވީ މޫނެވެ. އަހަރުމެންގެ މޫނު އަހަރުމެންނަކަށް ނުފެނެއެވެ. އަހަރުމެންގެ މޫނަށް ލޯގަނޑުން ބަލާލުމުން، ވަރަށް ގިނަ ފަހަރު، އަހަރުމެންނަށް ފެންނަނީ އަހަރުމެންގެ ހިތުގައި އޮންނަ އެއްޗެކެވެ!
7. ސާޅީސް އަހަރަކީ ޒުވާންކަމުގެ މުސްކުޅި އުމުރެވެ. ފަންސާސް އަހަރަކީ މުސްކުޅި އުމުރުގެ ޅަ އުމުރެވެ. ފަސްދޮޅަހަކީ މުސްކުޅި އުމުރުގެ މެދު އުމުރެވެ!
8. ހަނދާންކުރަން ޖެހެނީ އުމުރުންވީ ދުވަހެއް ނޫނެވެ. ހަނދާންކުރަން ޖެހެނީ އެ ނިއުމަތަކީ ވެސް މަދު ބަޔަކަށް ނޫނީ ނުލިބޭ ނިއުމަތެއް ކަމެވެ.
9. ދުވަސް ވުމުން ރަނގަޅު ތިން އެއްޗެއް އޮވެއެވެ؛ އެންމެ މޮޅު ދަރަކީ ދުވަސްވީ ލަކުޑިއެވެ. އެންމެ އިތުބާރު ބޮޑު ރަހުމަތްތެރިންނަކީ ދުވަސްވީ ރަހުމަތްތެރިންނެވެ. ކިޔަން އެންމެ ރަނގަޅީ ދުވަސްވީ މުސައްނިފުންގެ ލިޔުންތަކެވެ.
10. އަހަރުމެންގެ އުމުރުގެ ދެބައިކުޅަ އެއްބައި ހޭދަކުރަނީ ހަނދާންތައް އުފެއްދުމުގައެވެ. ދެން، އޮތް ބައި ހޭދަކުރަނީ އެ ހަނދާންތައް ހިތަށް ގެނެސް އާކުރުމުގައެވެ!
