Support Us

ދަނގެއްޗަށް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ

އދ. ދަނގެތި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދަނގެތި ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަނގެތި ކައުންސިލްގެ އިދާރާގައި މިރޭ ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ބަނދަރުގެ އެކްސްޓެންޝަން މަޝްރޫޢުގައި ހުރި ކަންބޮޑުވުންތައް ވަރަށް ތަފްޞީލީގޮތެއްގައި ޙިއްޞާކުރައްވާފައެވެ. އަދި ރަށުގެ ޒުވާނުންނަށް ގޯތި ބޭނުންވާކަން ފާހަގަކުރައްވައި، ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ސުކޫލަށް މަލްޓި ޕާޕަސް ހޯލެއް ބޭނުންވާކަމަށާއި ރަށަށް އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް މަގުފަހިކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޑޮލަރު އޭ.ޓީ.އެމް އެއް ރަށަށް ބޭނުންވާކަމަށާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ދަނގެތީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދަނގެތީގައި ކަލްޗަރަލްސެންޓަރ ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށާއި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކުރިއަށްގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޑޮލަރ އޭ.ޓީ.އެމްގެ ކަންކަން ބައްލަވައި، ދެންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *