ވަޒީރުންގެ މަޖިލީހުގެ ބައެއް މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބަދަލުތަކެއް ގެންނަވައިފިއެވެ.
މިއަދު މެންދުރުފަހު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް ޑޮކްޓަރ ޢަބްދުﷲ ޚަލީލް، މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް މޫސާ ޒަމީރު އަދި މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ޢަބުދުﷲ ނާޠިމް އިބްރާހީމް ވަނީ ޢައްޔަންކުރައްވާފައެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 18ގައި ހުވާކުރި ކެބިނެޓަށް ބަދަލެއް ގެންނެވި ފުރަތަމަ ފަހަރެވެ.

ޑރ. ޚަލީލު މިހާތަނަށް ހުންނެވީ ހެލްތު މިނިސްޓަރުގެ މަގާމުގައެވެ. ޒަމީރު، ފޮރިން މިނިސްޓަރުގެ މަގާމުގައެވެ. ނާޒިމް ހުންނެވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓުދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ.
ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަފީގު ވަނީ އިސްތިއުފާ ދެއްވައިފައެވެ.



advertisment