ތިބާއަކީ ރަށެއްގައި ކަރާ ހައްދާ މީހެއް ކަމަށްވާ ނަމަ، މި ބަލައިލަނީ ހެދެމުން އަންނަ ކަރައެއްގެ މަތީގައި ހިލަބުރިއެއް ބޭއްވުމުގެ ބޭނުންތެރިކަމަށެވެ:
- ދޮންވެފައިވާ ކަރާ ދެނެގަތުން:
ކަރާ ހައްދަނީ ބޮޑެތި ސަރަހައްދު އެކުލެވޭ ދަނޑުބިންތަކުގައެވެ. އެކި ކަރާ ދޮންވަނީ އެކި ދުވަސްމަތިންނެވެ. މިހެންވެ ހިލަބުރިއެއް އޭގެ މަތީގައި ބާއްވައި، އެ ބޭއްވި ދުވަސް ފާހަގަކުރުމުން، ދޮންވަމުން އަންނަ ކަރާ ވަކިވަކި މަރުހަލާތަކުގައި ދޮންވަމުން އަންނަކަން ފާހަގަކުރަން ފަސޭހަވާނެއެވެ. މިއީ ކަރާ ގޮވާންކުރާ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ.
- ސީދާ އަވީގެ ހޫނުން ކަރާ ސަލާމަތްކުރުން:
ހިލައަކީ ދުވާލުގެ ވަގުތުގައި އިރުގެ ހޫނުކަން އެއަށް ދަމައި އެއްޗެކެވެ. މިހެންވެ ކަރާ މަތީގައި ހިލަބުރިއެއް ބޭއްވުމުން އެ ކަރާއަށް ހޫނުކަން ފޯރައި މިންވަރު ދަށްކޮށްދެއެވެ. ނަތީޖާއަކީ އެ ކަރައެއްގެ ކޮލިޓީ ނުވަތަ ފެންވަރު ރަނގަޅުވުމެވެ.
ރޭގަނޑު ހިލަ ފިނިވާން ފަށައެވެ. މިހެންވުމުން ކަރާ ހެދިބޮޑުވުމަށް ރަނގަޅު އަސަރެއްކުރެއެވެ. އަދި އޭގެ ހަކުރުގެ ބައި އިތުރުވެ، ކަރާގެ ފޮނިކަން އިތުރުވެއެވެ.
- އައިބު ފިލުވުން:
ކަރާ ހެދެމުން އަންނައިރު އޭގެ ބައްޓަން ރަނގަޅު ގޮތަކަށް އުފެދިގެންދާނީ އޭގެ މަތީގައި ހިލަބުރިއެއް ބޭއްވުމުންނެވެ. މިހެން ހެދުމުން ރީތި ބައްޓަމަކަށް އެ ކަރާ ބޮޑުވާނެއެވެ.
- ފުރޮޅުން ހުއްޓުވުން:
ބިންމަތި ރަހަނުވާ ދަނޑެއް ނަމަ، ކަރާ ފުރޮޅުމަކީ އެކަށީގެންވާ ކަމެކެވެ. މިހެންވުމުން ކަރާގެ ބެލެންސް ހިފެހެއްޓުމަށް އެ ކަރައެއް އެ އޮތް ތަނެއްގައި ހިފެހެއްޓިފައި ބޭއްވޭނީ އޭގެ މަތީގައި ހިލަބުރިއެއް ބޭއްވުމުންނެވެ. ފަރުބަދަމަތީ ގައުމުތަކުގައި މި ކަމަށް ވަރަށް ވިސްނަން ޖެހެއެވެ. ސަބަބަކީ ވާދީތަކުގައި ކަރާ ފުރޮޅައިލުމުގެ ފުރުސަތު އޮތުމުންނެވެ. ކަރާ ފުރޮޅައިލުމުން އެއަށް ގެއްލުން ލިބި، ކޮލިޓީ ދަށްވެއެވެ.
- ދޫނީގެ ކިބައިން ސަލާމަތްކުރުން:
ކަރާގެ މަތީގައި ހިލަބުރިއެއް ބޭއްވުމުން އެ ކަރައެއްގެ މައްޗަށް ދޫނި ޖައްސައި، އެ ކަރާ ކާކަށް ފުރުސަތެއް ނުލިބޭނެއެވެ.
މި ބަލައިލީ ކަރާ ހައްދާއިރު ކަރާގެ މަތީގައި ހިލަބުރިއެއް ބޭއްވުމުން ލިބޭ ފަސް ފައިދާއަކަށެވެ. ތިބާއަކީ ކަރާ ހައްދައި ދަނޑުވެރިއެއް ނަމަ، މި ގޮތަށް ކަރާގެ މަތީގައި ހިލަބުރިއެއް ބޭއްވުމުން ކާމިޔާބުކަމާއެކު ކަރާ ހެއްދުމަށް މަގުފަހިވާނެއެވެ.
ނޯޓު: ތަރުޖަމާއެއް



advertisment