Support Us

"ލާމަސީލް ކާފަ އެވޯޑް" ހާސިލްކުރި ސައީދު ހުސެއިން ބައެއް ކާފަ ދަރިންނާއެކު...

ޤައުމީ މާމަ ކާފަ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ޤައުމީ މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ތަހުނިޔާ ވިދާޅުވީ މި ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން އެކްސް މެދުވެރިކުރައްވައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި އާރުލާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް، ކޮންމެ މާމައަކާއި ކާފައެއްގެ ނަސޭހަތާއި މަގުދެއްކުން ދިވެހި ޤައުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވާފައިވެއެވެ.

‎ޤައުމީ މާމަ، ކާފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ އެއް ވަނަ ދުވަހެވެ. ޤައުމީ މާމަ، ކާފައިންގެ ދުވަހެއް ކަނޑައަޅައި އެދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދޮށީ އުމުރުގެ މީހުން ޤައުމަށާއި އެމީހުންގެ އާއިލާއަށް ކޮށްދެއްވާ ޚިދުމަތްތައް ފާހަގަކޮށް އެމީހުންގެ އަގު ވަޒަންކުރުމެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި، ޓީވީއެމްގެ ފަރާތުން 2007 ވަނަ އަހަރު ވަނީ "ލާމަސީލް މާމަ ކާފަ އެވޯޑް"ގެ ނަމުގައި ޚާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދީފައެވެ. ރާއްޖޭގައި މިހާތަނަށް ބޭއްވި ހަމައެކަނި "މާމަ ކާފަ އެވޯޑް" ހާސިލްކުރީ ސ. ހިތަދޫ، ރަށްދެބައިގޭ މަރިޔަމް އަހުމަދު ދީދީ އާއި ހ. ރީތިގަސްދޮށުގޭ ސައީދު ހުސެއިނެވެ. މީގެ ތެރެއިން ސައީދު ހުސެއިން ވަނީ މި އަހަރު ފެބްރުއަރީގައި ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *