ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް ސިންގަޕޫރަށް މި ވަޑައިގަންނަވަނީ މެޑިކަލް ޗެކަޕަކަށް ކަމަށް މިރޭ އޮތް ޕީ.އެން.ސީ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިދިޔަ ހަފުތާބަންދުގައި ރިޔާސީ ރަށް، އާރަށުގައި ފުޓުބޯޅަ ކުޅުއްވަނިކޮށް އިންޖަރީއެއް ވެގެން އެރޭ ދަންވަރު މާލެ ވަޑައިގެން ޑޮކްޓަރަށް ދެއްކެވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.



advertisment