Support Us

ރައީސް ތަކުރާރުކޮށް ވިދާޅުވަނީ "‏ބްރިޖުން ޓޯލް ނެގުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން" ކަމަށް

ސިނަމާލެ ބްރިޖުން ޓޯލް ފީއެއް ނެގުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސިނަމާލެ ބްރިޖުން ޓޯލް ފީއެއް ނެގުމަކީ އެ މަނިކުފާނުގެ ވެރިކަމެއްގައި ކުރަން ނިންމައިފައިވާ ކަމެއް ނޫން ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭންތެރޭގައި މިދިޔަ އަހަރުގެ އޯގަސްޓުގައި ވިދާޅުވެފައި އޮއްވައި، ސިނަމާލެ ބްރިޖުން ޓޯލް ފީއެއް ނެގުމަށް ނިންމައި، ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކާ އެކު މަޝްވަރާކުރަން ރައީސް މުއިއްޒާއި ވަޒީރުން ބައިވެރިވެވަޑައިގެންނެވި "މާލެފަހި" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި ޕްރެޒެންޓޭޝަނެއްގައި ބުނުމާ ވިދިގެން އާންމުންގެ ފާޑުކިޔުން އަމާޒުވުމުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ "‏މާލެފަހި" ޕްލޭންގައި ބްރިޖް އިން ޓޯލް ނެގުމާ މެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެ މަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމަށެވެ.

"އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގގެ މައްސަލަ ޙައްލުވުމުގެ ކުރިން، އަދި ޤައުމާއި ރައްޔިތުންގެ ޢިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަޤީންކަން އަރުވަން،" އެކްސްގައި ރައީސް ވިދާޅުވިއެވެ.


ރޭގެ ޕްރެޒެންޓޭޝަންގައި ބުނީ މާލެ-ހުޅުމާލެ އަދި ހުޅުލެއަށް ދަރުކުރާ ބްރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ކަމާ ގުޅޭ ވުޒާރާތަކުން މަޝްވަރާކުރުމަށް ފަހު ޓޯލް ފީއެއް ނެގުމަށް ހަމަޖައްސައިފައިވާ ކަމަށެވެ.

މާލެ ތޮއްޖެހުމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "މާލެފަހި" ޕްރޮގްރާމްގެ އިފްތިތާހުކުރުމަށް ރޭ ބޭއްވި މި ރަސްމިއްޔާތުގައި ހުށަހަޅައިދިން މި ޕްރެޒެންޓޭޝަންގައި ބުނާ ގޮތުން ބްރިޖުން ފީ ނެގުން ތަންފީޒު ކުރާނެ ނިޒާމެއް ގާއިމްކުރުމާ ބެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއާ އެކު ސިނަމާލެ ބްރިޖް އެޅިއިރު ވެސް ޓޯލް ފީއެއް ނެގުމާ ބެހޭ މަޝްވަރާތައް ކުރިއެެވެ. ނަމަވެސް މަޝްވަރާތައް ކުރިނަމަވެސް 2018 ވަނަ އަހަރު ބްރިޖް ހުޅުވިގެން ދިޔައީ ފީއެއް ނުނަގާ ގޮތަށެެވެ. އަދި ފާއިތުވި އެމް.ޑީ.ޕީ ސަރުކާރުގައި ވެސް ބްރިޖުން ފީ ނަގައިފައެއް ނުވެ އެވެ.

ބްރިޖުން ފީ ނެގުމަށް އޭރު ނިންމާފައިވަނީ ވެހިކަލްތައް މަޑުކުރަން ނުޖެހޭ ގޮތަށް އިލެކްޓްރޯނިކް ނިޒާމެއްގެ ދަށުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *