Support Us

ޢިލްމީ، ފަންނީ ދިރާސާތައް ކުރުމަށް ސެންޓަރ ފޯ ޕޮލިސީ ސްޓަޑީޒް އުފައްދައިފި

ދައުލަތަށް ގިނަ ދުވަސްތަކަކު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައި ތިއްބެވި، ޢިލްމީ ބޭފުޅުންކޮޅެއް އިސްވެ ތިއްބަވައިގެން މޯލްޑިވްސް ސެންޓަރ ފޯ ޕޮލިސީ ސްޓަޑީޒް އުފައްދަވައިފިއެވެ.

ދިވެހިރާއްޖެއަށް އަސަރުކުރާނޭ އަދި ކޮށްފާނޭ ހުރިހާ ދާއިރާއެއްގައި، ބައިނަލްއަޤްވާމީ އަދި ޤައުމީ މައްސަލަތަކާއި އަދި ސިޔާސަތުތަކާބެހޭ ގޮތުން ޢިލްމީ އަދި ފަންނީ ދިރާސާކުރުމަށް އުފައްދައިފައިވާ މި ޕްލެޓްފޯމް ވުޖޫދުކޮށްފައިވަނީ މި މަހު ކުރީކޮޅުއެވެ. 

މޯލްޑިވްސް ސެންޓަރ ފޯ ޕޮލިސީ ސްޓަޑީޒްގައި ހަތް މުއައްސިސުން ތިއްބަވައެވެ. ބޯޑުގެ ޗެއަރމަނަކީ ކުރީގެ ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަންއެވެ.

މޯލްޑިވްސް ސެންޓަރ ފޯ ޕޮލިސީ ސްޓަޑީޒްގެ މުއައްސިސުން

  1. ރައީސް ޑރ. މުޙަންމަދު ވަޙީދު ޙަސަން
  2. ކުރީގެ ޖެންޑަރ މިނިސްޓަރު އަނީސާ އަޙްމަދު
  3. ކުރީގެ ޕްލޭނިން މިނިސްޓަރު ޙަމްދޫން ޙަމީދު
  4. ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޒާހިޔާ ޒަރީރު
  5. ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު
  6. އދ.ގައި ހުންނެވި ކުރީގެ ސަފީރު އަޙްމަދު ސަރީރު
  7. އެމް.އެން.ޔޫގެ ޑ.ވ. ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފް

ސެންޓަރ ފޯ ޕޮލިސީ ސްޓަޑީޒްގެ މެނޭޖިން ޕާޓްނަރ ޢާޒިމާ ޝަކޫރު މިއަދު ވިދާޅުވީ މި މަސައްކަތަކީ، "ދިވެހިރާއްޖެއަށް އަސަރުކުރާނޭ އަދި ކޮށްފާނޭ ފަދަ މައްސަލަތަކުގައި ޢިލްމީ އަދި ފަންނީ ދިރާސާކޮށް ފަންނީ ރަޢުޔު އެކުލަވައިލުމުގެ މަޤްޞަދުގައި އުފެއްދި ޢިލްމީ މަސައްކަތްކުރާނޭ މުއައްސަސާއެއް" ކަމަށެވެ. އަދި މި މުއައްސަސާގެ މަސައްކަތާ ބެހޭގޮތުން މީޑިޔާއަށް މަޢުލޫމާތު ދިނުމަށް ވަރަށް އަވަހަށް ޕްރެސް ބްރީފިން އެއް ބާއްވަވާނޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *