އަށް ގައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުއްވައިފިއެވެ. ކޮންމެ ގައުމަކަށް ވަކިން ބޭއްވެވި މި ރަސްމިއްޔާތުތައް އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
ފަތްކޮޅު އެރުއްވުމުގެ ރަސްމީޔާތަށްފަހު ކޮންމެ ސަފީރަކާ ވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރައްވައި މަރުހަބާ ދެންނެވި އެވެ. އަދި ެކި ދާއިރާތަކުން ރާއްޖެއާއެކު ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ސަފީރުންނާއެކު މަޝްވަރާ ކުރެއްވިއެވެ.

ރާއްޖެއަށް ކަނޑައެޅި އައު ސަފީރުން
ސްލޮވާކް ރިޕަބްލިކްގެ ސަފީރު ރޮބަޓް މެކްސިއަން
ކެމްބޯޑިއާގެ ސަފީރު ކޮއީ ކުންގް
އަޔަލެންޑްގެ ސަފީރު ކެވިން ކެލީ
ޗިލޭގެ ސަފީރު ހުއަން އެންގުލޯ
އޮމާންގެ ސަފީރު އަޙްމަދު ޢަލީ ސާޢިދު އަލް ރަޝްދީ
ޕެރޫގެ ސަފީރު ހާވިއެރ މެނުއެލް ޕައުލިނިކް ވެލަރޑެ
ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކްގެ ސަފީރު ބުންމީ ވަންމަނީ
ފިންލޭންޑް ސަފީރު ކިއްމޯ ލަހްޑެވީރްތަ



advertisment