ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. އެމަނިކުފާނު ތަހުނިޔާ ފޮނުއްވާފައިވަނީ މިއަދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ އާބާދީ ދުވަހާ ގުޅޭގޮތުން ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކީ، މި ޤައުމަށް އަގުހުރި ދަރިއެއް ކަމަށާއި، ދިވެހީންގެ ކުރިމަގަށް ކުރާ އުންމީދުގެ ބައިވެރިއެއް ކަމަށެވެ.
ދުނިޔޭގެ އާބާދީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަހެވެ. މި އަހަރުގެ އާބާދީ ދުވަހުގެ ޝިއާރަކީ "ލީވް ނޯ ވަން ބިހައިންޑް، ކައުންޓް އެވްރީވަން" އެވެ.



advertisment