Support Us

ދިވެހިބަހުގެ ދެމިއޮތުމާއި ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލިޔުންތެރީން: ރައީސް

ދިވެހިބަހުގެ ދެމިއޮތުމާއި ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލިޔުންތެރީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭގައި ފާހަގަކުރާ ލިޔުންތެރީންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައި އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ ދިވެހިބަހުގެ ތަރައްޤީއާއި ކުރިއެރުމަށް ލިޔުންތެރީންގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އަދި ލިޔުންތެރީންނަކީ ދިވެހިބަސް ދިރުވައި އާލާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތްތައް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއަހަރު ލިޔުންތެރިންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ތަހުޒީބު މުޖުތަމަޢެއް ދެމެހެއްޓުމަށް ޓަކައި ލިޔުންތެރީންގެ ދައުރު މުހިންމު!" މިއެވެ.

ދިވެހި ލިޔުންތެރީންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ އަށްވަނަ ދުވަހެވެ. އެއީ ދިވެހިރާއްޖޭގައި ޗާޕްކޮށްގެން ނެރުނު ފުރަތަމަ އަދަބީ މަޖައްލާ ކަމުގައިވާ "އަލްއިޞްލާޙް" ނެރެން ފެށި ދުވަހެވެ.

މި ދުވަހަކީ ދިވެހި ލިޔުންތެރިކަމުގެ ދާއިރާއަށް ޚިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރުމަށް ޚާއްސަކުރެވިފައިވާ ދުވަހެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *