ކަނޑުވެފައިވާ އުޅަނދަކުން 1901 ގައި ފެނުނު އާލާތަކީ "ބޯދާ ކޮމްޕިއުޓަރެއް" ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.
"އެންޓައިކީތެރަ" ނިޒާމު އެކުލެވޭ މި އާލާތަކީ 2،000 އަހަރު ކުރީގެ އެއްޗެއް ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
މި ވައްތަރުގެ އެއްޗެއް މިދިޔަ އަހަރު ނުކުތް ހޮލީވުޑް ފިލްމް "އިންޑިއާނާ ޖޯންސް އެންޑް ދަ ޑަޔަލް އޮފް ޑެސްޓިނީ"ގައި ވެސް ދައްކައިލައިފައިވެއެވެ.
އިނގިރޭސި ވިލާތުގެ ގްލާސްގައޮ ޔުނިވާސިޓީގެ އިލްމްވެރިން ވިދާޅުވީ މި އާލާތް ބޭނުންކޮށްފައިވަނީ ގްރީސްގައި ހަނދުގެ ކަލަންޑަރު ބެލުމަށް ކަމަށެވެ.
މި އާލާތުގައި ވަނީ ލޯވަޅުތަކެއް އަޅައިފައެވެ. އެއީ އެ ޒަމާނުގައި އިރާއި ހަނދާއި އެއިރު އިންސާނުން ދަންނަ ފަސް ޕްލެނެޓްގެ ހަރަކާތްތައް ހުންނަ ގޮތް ބެލުމަށް ކަމަށްވެއެވެ.
"އޮފިޝަލް ޖޯނަލް އޮފް ދަ ބްރިޓިޝް ހޯރޯލޮޖިކަލް އިންސްޓިޓިއުޓް"ގައި ދިރާސާ ކުރާ ދެ ފަރާތެއް ކަމަށްވާ ގްރަހަމް ވޯން އާއި ޖޯސެފް ބޭލީ ވިދާޅުވީ މި "ކޮމްޕިއުޓަރަ"ކީ އިރުގެ ހަރަކާތްތައް ބަލަން ގްރީސް މީހުން އިހުޒަމާނުގައި ބޭނުންކުރި އެއްޗެއް ކަމަށް ނުބެލެވޭ ކަމަށެވެ.
"މި ހޯދުންތައް ދެނެގަތުމުގައި މި 'ކޮމްޕިއުޓަރު' މަސައްކަތްކުރާ ގޮތް ހޯދަން މަސައްކަތްކުރާ ޔޫޓިއުބް ޝަހުސިއްޔަތެއް ކަމަށްވާ ކްރިސް ބުޑިސެލިކްގެ ދިރާސާތައް ވަރަށް ބޮޑު އެހީއަކަށްވި،" ގްރަހަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މީގެ ދެ ސާސްކަފު ކުރިން ކަލަންޑަރެއް އުފެއްދުމަށް އިންސާނުންކޮށްފައިވާ މަސައްކަތަކީ އަޖައިބުން ފުރިފައިވާ ކަމެއް ކަމަށެވެ.



advertisment