Support Us

އާކް އިން ފ. އަތޮޅުގައި ސްޕީޗް އެންޑް ހިއަރިންގް ކޭމްޕެއް ބާއްވައިފި

އާކް އިން ސްޕީޗް އެންޑް ހިއަރިންގް ކޭމްޕެއް ފ. އަތޮޅުގައި ބާއްވައިފިއެވެ.

ކުޑަކުދިންގެ ހައްގުގައި ވަކާލާތުކުރާ އަމިއްލަ ޖަމާއަތެއް ކަމުގައިވާ "އެޑްވޮކޭޓިން ފޯދަ ރައިޓްސް އޮފް ދަ ޗައިލްޑް" ނުވަތަ "އާކް" އިން ބުނީ އެޓްމޮސްފިއަރ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ޖޫން މަހުގެ 24-29އަށް ބޭއްވި މި ކޭމްޕުގައި ނިލަންދޫ، ފީއަލި، ދަރަނބޫދޫ، ބިލެއްދޫ އަދި މަގޫދޫގައި އުޅޭ އަޑުއިވުމާއި ވާހަކަދެއްކުމުގައި ދަތިތައް ހުންނަ 90 އަށްވުރެ ގިނަ ކުޑަކުދިންނަށް ރާއްޖެއިން ބޭރުގެ ސްޕީޗް ތެރަޕިސްޓެއް މެދުވެރިކޮށް ކޮންސަލްޓޭޝަން، ޑައިގްނޯސިސް، އިންޑިވިޖުއަލް އެސެސްމަންޓް އަދި އޯޑިއޯމެޓްރިކް ޓެސްޓް ހިލޭ ހަދައިދީފައިވާ ކަމަށެވެ.

މީގެ އިތުރުން، ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ކުދިންނަން ކިޔަވައިދޭ ފ. އަތޮޅުގެ ފަސް ރަށުގައި މަސައްކަތްކުރާ 45 އަށްވުރެ ގިނަ ޓީޗަރުންނާއި ފައުންޑޭޝަން ސްޓޭޖް ޓީޗަރުންނަށް އަމާޒުކޮށް ފީއަލި އަދި މަގޫދޫގައި ދެ ދުވަހުގެ ވަރކްޝޮޕެއް ބާއްވައިފައިވާ ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތްކުރާ ޓީޗަރުންނަށް ކްލާސް ރޫމްގައި ބޭނުންކުރެވޭނެ ފަސޭހަ އިންޓަވެންޝަންތައް އަދި ކުޑަކުދިން ވާހަކަދެއްކުމުގައި ހުންނަ ދަތިތައް ފާހަގަކޮށް އެކަންކަމަށް ހައްލު ހޯދައިދިނުމަށް ކުރެވޭނެ ކަންކަމުގެ މުހިންމު މައުލޫމާތު މި ވަރކްޝޮޕްގައި ވަނީ ހިއްސާކޮށްފައެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *