Support Us

ކޯޗެއަރގެ ހައިސިއްޔަތުން އިންޓެރެކްޓިވް ޑައިލޮގްގެ ރިޔާސަތު ރައީސުލްޖުމްހޫރިއްޔާ ބަލަހައްޓަވައިފި

ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ އިންޓެރެކްޓިވް ޑައިލޮގް: 'ރިވިޓަލައިޒިން ސިޑްސް އިކޮނޮމީއީސް ފޯރ އެކްސިލެރޭޓެޑް އެންޑް ސަސްޓެއިނަބަލް ގުރޯތު' ގެ ކޯޗެއަރގެ ހައިސިއްޔަތުން މި ޑައިލޮގްގެ ރިޔާސަތު ބެލެހެއްޓުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ކޯޗެއަރގެ ހައިސިއްޔަތުން އިންޓެރެކްޓިވް ޑައިލޮގް ހުޅުވުމުގެ ރަސްމިއްޔާތު އަދި ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވިއެވެ. ރިޔާސަތު ބެލެހެއްޓެވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޔޫރަޕިއަން އެފެއަރސް އެންޑް އޯނަރޝިޕް ޝެއަރރިންގ އޮފް ދަ ރިޕަބްލިކް އޮފް ފިންލޭންޑް، އެންޑަރސް އެޑްލަކްރޮއިޓްޒް އެވެ.

މި ޑައިލޮގްގައި އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާ، އެމެރިކާގެ ޑިޕާޓްމަންޓް އޮފް އިންޓީރިއާގެ ސެކްރެޓަރީ އޮފް ދަ އިންޓީރިއާ ބައިވެރިވެވަޑައިގެންނެވި ބައި މޮޑަރޭޓް ކުރެއްވީ ޔޫ.އެން.ޑީ.ޕީގެ އިސް އޮފިޝަލެކެވެ.

މި ހަރަކާތުގައި ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޮގަނައިޒޭޝަން (ޔޫ.އެން.ސީ.އޭ.ޓީ.އޭ.ޑީ)ގެ ސެކްރެޓަރީ ޖެނެރަލާއި، ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޮގަނައިޒޭޝަން (ޔޫ.އެން.އައި.ޑީ.އޯ)ގެ ޑިރެކްޓަރ ޖެނެރަލް ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވިއެވެ. އަދި މީގެ އިތުރުން ސިޑްސް4ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޤައުމުތަކުގެ އިސްވެރިންނާއި ވަފުދުތަކުގެ މަންދޫބުން މި އިންޓަރެކްޓިވް ޑައިލޮގްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

މިއީ 27 އިން 30 މެއި އަށް އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ސިޑްސް4 ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޮގްގެ ތެރެއިން ފުރަތަމަ ޑައިލޮގެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *