Support Us

އުންމީދަކީ މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، އެންމެ އިތުބާރު ހުރި މަޖިލީހަށްވުން: ރައީސުލްޖުމްހޫރިއްޔާ 

އުންމީދަކީ ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، އެންމެ އިތުބާރު ހުރި، ޤައުމާއި ރައްޔިތުންނަށް އެންމެ މަންފާހުރި ކަންކަން ނިންމާ މަޖިލީހަށް މިފަހަރުގެ މަޖިލިސް ވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން މިއަދު ހުވާކުރެއްވުމާ ވިދިގެން މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ހިތުގެ އިޚްލާޞްތެރިކަމާއެކު މުބާރަކްބާދު ދަންނަވަމެވެ. އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، އެންމެ އިތުބާރު ހުރި، ޤައުމާއި ރައްޔިތުންނަށް އެންމެ މަންފާހުރި ކަންކަން ނިންމާ މަޖިލީހަށް މިފަހަރުގެ މަޖިލިސް ވުމެވެ." ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގައި ބައިވެރިވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާގައި ހުންނަވައިފައި އެކްސްގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީ.އެން.ސީގެ 76 މެމްބަރުން ތިބަވައެވެ. ދެން ހިމެނެނީ އެމް.ޑީ.ޕީގެ 12 މެމްބަރުންނާއި އެމް.ޑީ.އޭގެ ދެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރަކާއި އެމް.އެން.ޕީގެ މެމްބަރަކާއި އަމިއްލަ މެމްބަރެކެވެ.

މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން 66 ގޮނޑި ކާމިޔާބުކުރިއެވެ. ނަމަވެސް އަމިއްލަ ގޮތުން އިންތިހާބުވި 11 މެމްބަރުންގެ ތެރެއިން 10 މެންބަރަކު ސަރުކާރު ހިންގާ ޕާޓީއާ ފަހުން ގުޅިވަޑައިގަތުމުން ޕީއެންސީގެ މެމްބަރުންގެ އަދަދު 76 އަށް އެރީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *