ދައުލަތުގެ ހާއްސަ ބެލުމުގެ ދަށުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް) އިން ޚާއްސަ ޗުއްޓީ ޕްރޮގްރާމެއް ހިންގައިފިއެވެ.
ކުޑަކުދިންގެ ހައްގުގައި ވަކާލާތުކުރާ އަމިއްލަ ޖަމާއަތެއް ކަމުގައިވާ "އާކް" އިން ބުނީ ސްކޫލްގެ ބޮޑު ޗުއްޓީގެ ތެރޭގައި ކުދިންގެ މުނިފޫހިފިލުވުމުގެ އިތުރުން ކުދިންގެ ތަފާތު ހުނަރުތައް ތަރައްޤީކުރުމާއި ކުދިންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ހިންގި މި ޙަރަކާތްތަކުގައި ގްރޭޑް 1 އިން 10 އަށް ދާ 58 ކުދިން ބައިވެރިވި ކަމަށެވެ.
މި ހަރަކާތްތަކުގެ ތެރޭގައި ކްލޭއިން ތަކެތި ހެދުމާއި ކެރަމް ކުޅުމާއި ކުލަ ޖެއްސުމާއި އާޓްސް އެންޑް ކްރާފްޓްސް އަދި ވާހަކަ ކިޔުމާއި ޓޭބަލް ޓެނިސް އާއި މޫދު ކުޅިވަރުތައް ހިމެނެއެވެ.

"މި ޕްރޮގްރާމްތަކުގައި ބައިވެރިވި އާކްގެ ޕާޓްނަރުންނާއި ކުދިންނަށް ޓްރާންސްޕޯޓް ހަމަޖައްސަވައިދެއްވި އެމް.ޓީ.ޓީ.ސީ އަދި އާކްގެ ވޮލަންޓިއަރުންގެ މަސައްކަތް އާކުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ. މިފަދަ ފަރާތްތަކުގެ ބައިވެރިވުމާ ނުލައި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާނުލެވޭނެ ކަމަށް އާކުން ދެކެމެވެ." އާކުގެ ބަޔާނެއްގައިވެއެވެ.




advertisment