ތިބާއަކީ ކާކުކަން ރަނގަޅަށް ދަސްނުވާ މީހަކާ ގުޅުމެއް ބޭއްވުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކަށް ބައެއް ފަހަރު ވާނީ އޭނާ ދޫކޮށްލާފައި ދިޔުމެވެ. ބައެއް ފަހަރަށް އޭނާގެ ހަޔާތުގައި ތިބާ ނެތުމުން، ތިބާ އޭނާގެ ހަޔާތުގައި ހުރުމުން އެނގޭ ފިލާވަޅުތައް ތަފާތުވާނެއެވެ.
އެންމެ ފުރަތަމައިންވެސް ރަނގަޅަށް މަސައްކަތް ނުކުރާނެ ގުޅުމެއްކަން ސާފުކޮށް އެނގޭ ހިނދު، އެ ފަދަ ގުޅުމެއް ދަމަހައްޓަން ތިބާގެ ހިތް ހަލާކު ކުރުމުން ދުރުވާށެވެ.
އިހުލާސްތެރިކަމާއެކު ތިބާއާމެދު އަޅާލުން ބަހައްޓަން އެހެން މީހަކަށް މަޖުބޫރެއް ނުކުރެވޭނެއެވެ.
ތިބާއަށް ވަފާތެރިވުމަށް އެހެން މީހަކަށް މަޖުބޫރެއް ނުކުރެވޭނެއެވެ.
ތިބާ ބޭނުންވާ ކަހަލަ ޝަހުސިއްޔަތަކަށް ވުމަށް އެހެން މީހަކަށް މަޖުބޫރެއް ނުކުރެވޭނެއެވެ.
ހަގީގަތަކީ، ތިބާ އެންމެ ބޮޑަށް ބޭނުންވާ މީހާއަކީ ތިބާ އެމީހާގެ ގާތުގައި ނުހުރުމުން އެންމެ ބޮޑު ފައިދާ ތިބާއަށް ލިބޭނެ ގޮތަކަށް ވެދާނެއެވެ.
ތިބާއަށް ފަހުމް ވާންޖެހޭ ކަމަކީ ބައެއް ކަންތައްތައް ތިބާގެ ހަޔާތަށް އައި ނަމަވެސް، އެ ކަންތައްތައް ތިބާގެ ހަޔާތުގައި އަބަދު ދެމިނުހުރެދާނެ ކަމެވެ.
ތިބާގެ ހަޔާތުގައި އެންމެ ފުރަތަމައިންވެސް ހުންނަން ނުޖެހޭ ކަމެއް ހަމައަކަށް އެޅުވުމުގައި ތިބާ ހަލާކުވެގެން ނުދާށެވެ. ތިބާގެ ފަރާތުން ލޯބީގެ ސިފަތައް ދެއްކުމުގައި ފަރުވާތެރިވާށެވެ.
ދާއިމަށް އެކުގައި އުޅެވިދާނެ ފަދަ މީހަކާ ދިމާވުމަށް ފަހު އެ މީހަކީ ހަގީގަތުގައި ތިބާގެ ހަޔާތާ ގުޅުމެއް ނެތް މީހެއްކަން އެނގުމުން އެ ކަން އެ ގޮތަށް ބަލައިގަތުމަކީ ދަތިއުނދަގޫ ކަމަކަށް ވެދާނެއެވެ.
ތިބާ އެތައް ރެއެއްގައި ރުއިމުގެ ހާލަތުގައި ނިދިޖެހުނަސް، ތިބާގެ ހަޔާތުން ބޭރުވި މީހާގެ ސަބަބުން މިހާރު ހިތާމަކުރިއަސް، އެ ކަމުން އަރައިގަނެ، ތިބާ އެންމެ ލިބެން ބޭނުންވާ މީހާ ތިބާއަށް ލިބޭނެއެވެ. ތިބާ ކުރިން ގުޅުން ބޭއްވި މީހުންނާ ދެމެދު އޮތް ގުޅުން ހަލާކުވެގެންދިޔައީ ކީއްވެކަން ކުރިމަގުގައި ފަހުމްވެގެންދާނެއެވެ.
ތިބާ ބޭނުންވާ ގޮތަށް ކަންތައްތައް ނުދާ ގުޅުމެއްގައި ދެމިހުރުމަކީ ބޭނުން ކަމެއް ނޫނެވެ. އެއަށްވުރެ "ސިންގަލް"ކޮށް އެކަނިހައްޓާ ހުރުން ވެސް މާ ރަނގަޅުވާނެއެވެ.
ތިބާއަކީ އޭނާއަށް ލިބިފައިވާ އެތައް ފުރުސަތެއްގެ ތެރެއިން ފުރުސަތެއް ގޮތަށް އޭނާ ދެކެނީ ނަމަ އޭނާއަކީ ތިބާގެ ވެސް އެންމެ ފުރަތަމައިން ބަލައިގަންނަ "ޗޮއިސް" ނުވަތަ ފުރުސަތު ކަމުގައި ނުދެކޭށެވެ.
އެހެންކަމުން ތިބާގެ ގާތަށް ނާންނަން ހުރި މީހެއްގެ ފަހަތުން ތިބާ ވެސް ނުދުވާށެވެ.



advertisment