އެމް.ޕީ.އެލްގެ ފަރާތުން މިއަހަރު ހައްޖު ދަތުރު ލިބުނު ފަސް މުވައްޒަފުން ހޮވައި ރަސްމީކޮށް މިއަދު ލިއުން ހަވާލުކޮށްފިއެވެ.
އެމް.ޕީ.އެލް އިން ބުނީ އެ ކުންފުނީގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން ކުންފުނީގެ ހަރަދުގައި މި އަހަރު ޙައްޖަށް ދިއުމުގެ ފުރުސަތު ލިބުނު ފަސް މުވައްޒަފުންނާ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ބައްދަލުކުރައްވައި، އެ މުވައްޒަފުންނަށް ޙައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވައި މަރުހަބާ ވިދާޅުވި ކަމަށެވެ.
"ހައްޖު ދަތުރު ލިބުނު މުވައްޒަފުންނާ ވާހަކަދައްކަވަމުން ސީ.އީ.އޯ ވަޖީހް ވަނީ ހުރިހާ މުވައްޒަފުންނަށްވެސް މަރުޙަބާ ދަންނަވައި، މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންފައެވެ." އެމް.ޕީ.އެލް އިން ބުންޏެވެ.
މި އަހަރު ހައްޖު ދަތުރު ލިބުނު މުވައްޒަފުން:
1- އިލްޔާސް މުޙައްމަދު، އެސިސްޓަންޓް އެގްޒެކުޓިވް
2- އަޙްމަދު ރަޝާދު، ސްޕެޝަލިސްޓް އިންޖިނިއަރ
3- އަޙްމަދު އުންމީދު، ސަރވިސް އިންޖިނިއަރ
4- މުޙައްމަދު ނަބީލް، އޮޕަރޭޝަންސް އެގްޒެކެޓިވް
5- ޒަކަރިއްޔާ އިބްރާހިމް، ލީޑް އެގްޒެކުޓިވް
"މި ކުންފުނީގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް ފަސް މުވައްޒަފުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުންފުނީގެ ހަރަދުގައި ފޮނުވައެވެ. އަދި ތިން މުވައްޒަފުން ޢުމްރާގެ އަޅުކަމަށް ކުންފުނީގެ ހަރަދުގައި ފޮނުވައެވެ." އެމް.ޕީ.އެލް އިން ބުންޏެވެ.



advertisment

